ޖޭއެސްސީ

ގާނޫނީ ވަކީލުންގެ ފަރާތުން ޖޭއެސްސީއަށް އަލީ

ޖޭއެސްސީގެ މެންބަރު ކަމަށް އަލީ އަބްދުއްލަތީފް އައްޔަންކުރައްވާ މަގާމުގެ ލިޔުން ހަވާލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް ހޮވުނު ގއ. ވިލިނގިލި، ބީޗުހައުސް، އަލީ އަބްދުއްލަތީފް ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަންކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އަލީ މަގާމަށް އައްޔަންކުރައްވާ އޭނާއަށް މަގާމުގެ ލިޔުން ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

އަލީ އަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

އަލީ އަބްދުއްލަތީފް މިމަގާމަށް ހޮވުނީ އޭނާއާ ވާދަކުރެއްވި ދެ ކެންޑިޑޭޓުން ކަމަށްވާ ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޒުބައިރު މުހައްމަދު ޝަރުތު ހަމަނުވާ ކަމަށް ބާ ކައުންސިލުން ނިންމުމުން އިންތިހާބަކާ ނުލަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345