މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ބޮޑު ސަރަހައްދަކަށް މޫސުން ގޯސް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ކ.އަތޮޅުން ފެށިގެން ތ. އަތޮޅު ހިމެނޭ ސަރަހައްދު ތަކަށެވެ.

މެޓް އޮފީހުން ބުނީ މި ސަރަހައްދުތަކަށް މިއަދު 1:00 ޖެހުމާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަަމަށާއި، އަދި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް އިރާއި އިރު ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަމަށެވެ.

ދެކުނު އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 3 މޭލާއި 13 މޭލުގެ ބާރުމިނުގައި ކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެ އެވެ.

ރާއްޖޭގެ އުތުރުގެ ސަރަަހައްދާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. ނަމަވެސް ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.