ބޭންކް އޮފް މޯލްޑިވްސް

މާސްޓާ ކާޑުން ވިޔަފާރިކޮށްގެން ކޮންމެ ހަފްތާއަކު އައިފޯން 15 ޕްރޯއެއް

Dec 19, 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާސްޓާ ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް މިއަދު ޕްރޮމޯޝަންއެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު މާސްޓާ ކާޑުން މަދުވެގެން 500 ރުފިޔާގެ ވިޔަފާރިކޮށްގެން ލަކީ ޑްރޯގައި ބަރިވެރިވެރިވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ އެވެ. އަދި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ އެއް ނަސީބުވެރިއަކަށް އައިފޯން 15 ޕްރޯ އެއް ލިބޭނެ އެވެ.

މާސްޓާ ކާޑު ޑެބިޓް އަދި ކްރެޑިޓް ބޭނުންކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން ޖެނުއަރީ 18، 2024 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެ އެވެ.