ބޮލީވުޑް

ފާހާނާއިން ދިމާވުމުން ވެސް ބޭނުންވީ އަމީތާބާއެކު ސެލްފީއެއް ނަގަން

Feb 25, 2016

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު، މެގަސްޓާ އަމީތާބް ބައްޗަން އަށް ސަޕޯޓްކުރާ އެތަކެއް މިލިއަން ފޭނުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބޭ ކަމީ ޝައްކެއް އޮތް ކަމެއް ވެސް ނޫނެވެ.

ގަވާއިދުން ބްލޮގް ލިޔެގެންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ސަޕޯޓަރުންނާއި އަބަދުވެސް ގާތްގުޅުމެއް ބާއްވަމުން އަންނަ އަމީތާބްއަށް ސަޕޯޓްކުރާ އެތަކެއް ހާސް މީހުންނެއް އޭނާ ދެކިލުމަށް ކޮންމެ އާދީއްތަ ދުވަހެއްގައި އޭނާ ދިރިއުޅޭ ގެ ކައިރިއަށް އެއްވެ އެވެ. އަދި އަމީތާބް ދާ ތަންތަނަށް ވެސް އޭނާ ފަހަތުން އެތަކެއް ހާސް މީހުންނެއް ދެ އެވެ.

އަމީތާބް ބައިވެރިވާ ހަފްލާތަކަށް ވެސް އޭނާ ދުށުމަށް އެތަކެއް ބަޔަކު ދާއިރު، މިފަހުން މިވަނީ އަމީތާބް ވެސް އުންމީދުނުކުރާ ކަހަލަ ކަމެއް ވެފަ އެވެ.

މިފަހުން ބައިވެރިވި އިވެންޓެއްގެ ތެރެއިން އަމީތާބް ފާހަނާއަކަށް ވަން ވަގުތު، ވޮޝް ރޫމް ތެރެއިން އޭނާގެ ފޭނަކާއި ބައްދަލުވެ، އެމީހާ ވަނީ އަމީތާބު ކުރެން ސެލްފީ އެއް ނެގުމަށް އެދިފަ އެވެ.

މިހާދިސާއާ ގުޅިގެން އަމީތާބު އޭނާ ބްލޮގްގައި ވަނީ ލިޔެކިޔުމުގެ ތާރީހު އެއްކޮށް ފޮހެވިގެން ދިޔަ ކަމަކަށް ސެލްފީ ވެގެން ގޮސްފައިވާ ކަމަށެވެ.

"އެންމެފަހުން މިކަމެއް ހިނގާފައި މިވަނީ ޕަބްލިކް ވޮޝްރޫމް އެއްގައި. އަހަރެންގެ އިތުރުން ވެސް އެތަނުގައި މީހުން ތިއްބައި، ސެލްފީ އެއް ނަގަން އެދުނީ. އަހަރެން ހިތަށް އެރި އޭނާ ހަމަ މޮޔައީ ބާ އޭ. އެހެން އެހި އިރުވެސް އެނގެން ޖެހޭނެ އަހަަރެން ގަބޫލެއް ނުވާނެ ކަން" އަމީތާބް ލިޔެފައިވެ އެވެ.

މީގެއިތުރުން ވެސް އަމީތާބް ވަނީ ސެލްފީއެއް ނަގަން އެދުނު މީހާކުރެން ފާހާނާ އަކީ ކޮންމެ ބަޔަކުވެސް ވަކި ކަމެއް ކުރަން ވަންނަ ތަނެއް ކަމަށާއި ތިފަދަ ކަންތަކަކީ މިތަންތަނުން ބޭރުގައި ކުރާ ކަމެއް ކަމަށް ބުނެފަ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި އަމީތާބްގެ ގާތް ރަހުމަތްތެރިއަކު މަރުވެގެން އޭނާގެ ޖަނާޒާގައި ބައިވެރިވުމަށް ގޮސް އުޅެނިކޮށް ސަޕޯޓަރުންތަކެއް އޭނާ ވަށާލައި، ބޮނޑިވެ ސެލްފީ ނަގަން އުޅުމުން އެކަމާ ވަރަށް ހިތްހަމަނުޖެހިގެން ސޯޝަލް މީޑިއާގައި އެވާހަކަ ލިޔެފަ އެވެ.

އަމީތާބް ދެން އެންމެ އަވަހަށް ފެނިގެންދާނީ "ޓީން" އިން ވިދްޔާ ބާލަން އާއި ނަވާޒުއްދީން ސިއްދީގ އާއެކު އެވެ.