ދިރާގުން މީލާދީ އައު އަހަރު -- 2024 ވަނަ އަހަރުގެ ފެށުން ފާހަގަކުރުމުގެ ގޮތުން ހާއްސަ އޮފަތަކެއް ލޯންޗުކޮށްފި އެވެ.
އާ އަހަރަށް މަރުހަބާ ކިޔުމާއި އުފާފާޅުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ހާއްސަ އޮފަތަކެއް ފަރުމާކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ:
ސަޅި އެނުއަލް އަދި ސަޅި 180 ޑޭސް ޕްރޮމޯ
ލިމިޓްލެސް ސޯޝަލް މީޑިއާ
ހިލޭ މައިފައި ޑިވައިސް
ދިރާގުން ބުނީ އެ ކުންފުނީގެ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އާ އަހަރުގެ ލިމިޓެޑް ޓައިމް އޮފަތައް ފަސޭހަކަމާއެކު އެކްޓިވޭޓްކޮށްލެވޭނެ ކަމަށެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ ކުރިއަށް އޮތް ޖެނުއަރީ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
މީގެ އިތުރުން އާ އަހަރުގެ ޕްރޮމޯގެ ދަށުން ދިރާގު އެލީޓް ކްލަބުގެ މެމްބަރުންނަށް މިމަހުގެ 31 އިން ޖެނުއަރީ އެއްވަނަ ދުވަހުގެ ނިޔަލަށް އެސްޓްރިއާ ވެލްނެސް ސްޕާ، ފުޓްރެސްޓް ސްޕާ އަދި ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓުން ހާއްސަ ޑިސްކައުންޓްތަކެއް ލިބިގެން ދާނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިކޮށް، އަގުހުރި އާ އޮފަތަކަކާއިއެކު ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.