ކާނާ

މެގަ މޯލްޑިވްސްގެ ދަތުރުތައް ޓޯކިޔޯއަށް ފަށައިފި

މެގާ މޯލްޑިވްސްގެ ފްލައިޓުތައް މިއަދުން ފެށިގެން ޖަޕާންގެ ޓޯކިޔޯއަށް ދާނެ ކަމަށް އެ ކުންފުނިން އަންގައިފި އެވެ.

މެގާ މޯލްޑިވްސްގެ ފްލައިޓުތައް ޓޯކިޔޯގެ ނާރިޓާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔުމަށް ހަމަޖެހިފައި ވަނީ ހަފްތާއަކު ތިން ދުވަހުގަ އެވެ. އަދި މި ދަތުރުތައް ކުރާނީ ޗައިނާގެ ބެޖިން ފްލައިޓގައި އެވެ.

މެގާ މޯލްޑިވްސްގެ ކޯ ފައުންޑަ އަދި ސްޓްރެޓަޖީ ޑިވެލޮޕްމަންޓުގެ ވައިސް ޕްރެޒިޑެންޓް މިފްޒާލް އަހުމަދު ވިދާޅުވީ އަލަށް މިފެށި ދަތުރުތަކުގެ ސަބަބުން ގިނަ އަދަދަކަށް ޖަޕާނުގެ ފަތުރުވެރިން ރާއްޖެ ގެނެވޭނެ ކަމަށާއި އަދި މީގެ ސަބަބުން ފަތުރުވެރި ކަމަށް ކުރިއެރުމެއް ލިބި ވިސިޓް މޯލްޑިވްސް އިން މިއަހަރު ހާސިލް ކުރަން ބޭނުންވާ އަމާޒަށް ވާސިލް ކުރުމަށް އެހީވެދޭނެ ކަމެއް ކަމަށެވެ.

ޖަޕާންގެ ޓޯކިޔޯއަކީ މެގާ މޯލްޑިވްސް އިން ވޭތުވެ ދިޔަ މަސްތަކު ތެރޭގައި އަލަށް ދަތުރުތައް ފެށި ތިން ވަނަ މަންޒިލެވެ. މީގެ އިތުރުން ވެސް މިދިޔަ އަހަރު ޑިސެމްބަރު މަހު އެކުންފުނިން ވަނީ އިންޑިޔާގެ ކޮލަމް ޕޫރަަށާއި ސައުދީ އަރަބިއްޔާގެ ޖެއްޑާ އަށް ދަތުރުތައް ފަށައިފަ އެވެ.