ކާނާ

އެފްއެންޑްބީ ޝޯގައި ވިލާގެ ޕްރޮޑަކްޓްތައް ދައްކާލައިފި

Jun 3, 2022

އިއްޔެ ހުޅުމާލޭގައި ފެށި ފުޑް އެންޑް ބެވެރޭޖް (އެފްއެންޑްބީ) ޝޯގެ އާ އެޑިޝަންގައި ވިލާ ހަކަތަ އަދި ވިލާ މާޓްގެ ޕްރޮޑަކްޓްތައް ދައްކާލަން ފަށައިފި އެވެ. ކާބޯތަކެތީގެ ގިނަ ބާވަތްތައް ދައްކުވައިދޭ މި ޝޯ ރަސްމީކޮށް ހުޅުވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

މިއީ ކާބޯތަކެތީގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތައް އެއްތަން ކުރުވާ އެންމެ ބޮޑު އެއް ހަރަކާތެވެ. ހުޅުމާލޭ ސެންޓަރަލް ޕާކުގައި ކުރިޔަށް ގެންދާ އެފްއެންޑްބީ ޝޯގައިވާ ވިލާ ޓްރޭޑިންގެ ސްޓޭންޑްގައި ހުރީ ވިލާ މާޓުން ވިއްކާ އެކްސްކުލޫސިވް ޕްރޮޑަކްޓްތަކާއި ވިލާ ގޭހުގެ ޕްރޮޑަކްޓްތަކެވެ.

ވިލާގެ ސްޓޭންޑްގައި ހުރި ފާހަގަކޮށްލެވޭ އައިޓަމްތަކުގެ ތެރޭ ޑެއިރީ ސަޕްލަޔާ އަލްމަރައިގެ އުފެއްދުންތަކާއި "ޓޯނީޒް" ޗޮކްލެޓާއި "ރޯސްޓާ" ބްރޭންޑް ލުއިކާނާ އާއި "އެޓީ" ގެ ޕްރޮޑަކްޓްތައް ހިމެނެ އެވެ. މި ޝޯގައި ޕްރޮޑަކްޓެއް ހިލޭ ރަހަބެލެެ އެވެ.

ކޯ-ސްޕޮންސާއެއްގެ ގޮތުގައި ވިލާ ޓްރޭޑިން ހަމަޖައްސާފައުވާ އެފްއެންޑްބީ ޝޯވް ކުރިއަށްދާނީ މާދަމާގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އާ ހަމައަށެވެ.