ގާސިމް އިބްރާހިމް

ވިލާގެ ސްޓޫޑެންޑް ލޯނު މައާފުކޮށް ލިޔުން ދެނީ

ވިލާ ފައުންޑޭޝަންގެ ބާނީ އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް -- ފޮޓޯ: އަވަސް
33.3%
66.7%
0%

ވިލާ ފައުންޑޭޝަނުން ލޯނު ނަގައިގެން ކިޔަވާފައިވާ ދަރިވަރުންގެ ލޯން މައާފްކޮށްދިނުމަށް ވިލާގެ ޗެއާމަން ގާސިމް އިބްރާހީމް ނިންމެވުމާ ގުޅިގެން އެކަމުގެ ރަސްމީ ލިޔުން ހަވާލުކުރަން ވިލާ ފައުންޑޭޝަނުން ނިންމައިފި އެވެ.

ވިލާ ފައުންޑޭޝަން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ފައުންޑޭޝަނުން ލޯން ނަގައިގެން ކިޔެވި ދަރިވަރުން އެ މައުލޫމާތު މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ހިއްސާކުރުމަށް އެދޭ ކަމަށެވެ.

މައުލޫމާތު ހިއްސާކުރާ ދަރިވަރުންނަށް ލޯން މައާފްކޮށްދިން ކަމުގެ ލިޔުން މި މަހުގެ 27 އަދި 28 ވަނަ ދުވަހު ދޫކުރާނެ ކަމަށްވެސް ވިލާ ފައުންޑޭޝަނުން ބުނެފައިވެ އެވެ.

ވިލާ ފައުންޑޭޝަނުން ލޯން ނަގައިގެން މެޑިކަލް ދާއިރާއިން ކިޔެވި ދަރިވަރުންގެ ލޯންތައް ވެސް މީގެކުރިން މެއި 25، 2021 ގައި ވަނީ މައާފްކޮށްދީފަ އެވެ.

ރާއްޖޭގެ ތަރައްގީއަށް އެންމެ ބޮޑު ހޭދައެއް ކުރެއްވި އަމިއްލަ އެއް ފަރުދަކީ ގާސިމް އިބްރާހީމް އެވެ.

ކިޔެވުމަށް ވިލާ ފައުންޑޭޝަނުންނާއި ގާސިމް އެކި މީހުންނަށް ދޫކޮށްފައިވާ ލޯން މައާފްކޮށްދިން ކަމަށް ގާސިމް އިއުލާން ކުރީ މިމަހުގެ ނުވަވަނަ ދުވަހުގެ ރޭ އޮތް އެމަނިކުފާނުގެ ރިޔާސީ ކެމްޕޭންގެ ޖަލްސާއެއް ގައެވެ.

ގާސިމް ވިދާޅުވީ ވިލާ ފައުންޑޭޝަނުން އަދި އެމަނިކުފާނުގެ އަތްޕުޅުން ސީދާ ގޮތުން ދަރިވަރުންގެ ކިޔެވުމަށް ދޫކޮށްފައިވާ ލޯން ފައިސާ އެމަނިކުފާނަށް ކުރިއަށް އޮތް އިންތިހާބުގައި ކާމިޔާބު ލިބިވަޑައިނުގެންނެވި ނަމަވެސް ބޭނުން ނުވާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345