ވިލާ ގްރޫޕް

ވިލާގެ ފަޅެއް ވިއްކުން ހުއްޓުވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް -- ފޮޓޯ: އަވަސް
0%
0%
0%

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުނިން ވިއްކާލަން އުޅުނު ފަޅެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައިފި އެވެ.

އޭސީސީ އިން ވިއްކުން ހުއްޓުވާފައިވަނީ ވިލާ ކުންފުންޏަށް ސަރުކާރުން ދޫކޮށްފައި އޮތް ވާވެއްދިފަޅެވެ.

އަވަސް އިން ސުވާލުކުރުމުން އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު -- ނިޝާން މުހައްމަދު ވަނީ ވިލާ ކުންފުނިން ވިއްކަން އުޅުނު ފަޅެއް ވިއްކުން ހުއްޓުވާފައިވާ ކަމަށް ޔަގީންކޮށްދެއްވާފަ އެވެ.

"ކޮމިޝަނުން މިދަންނަވާ ފަޅާ ގުޅޭ މައްސަލައެއް ބަލަމުންދާތީ ފަޅު ވިއްކުން ވަނީ ހުއްޓުވާފައި،" ނިޝާން ވިދާޅުވި އެވެ.

ފަޅު ވިއްކުން އޭސީސީ އިން ހުއްޓުވީ ކޮން އިރަކުތޯ އެހުމުން ނިޝާން އެ މައުލޫމާތެއް ނުދެއްވި އެވެ.

ވާވެއްދިފަޅުގެ މައްސަލައެއް އޭސީސީ އިން މީގެކުރިން ވެސް ބެލި އެވެ. ނަމަވެސް އޭރު އެ މައްސަލަ ބެލުމަށްފަހު މައްސަލަ އޮތީ ފައިލްކޮށްފަ އެވެ. އަލުން މިމައްސަލަ އޭސީސީ އިން ބަލަން ފަށާފައި މިވަނީ މިފަޅާ ގުޅޭ އިތުރު މައްސަލައެއް އޭސީސީއަށް ހުށަހެޅުމުން ކަމަަށް އެނގިފައިވެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް މިދިޔަ ހުކުރު ދުވަހު އެމަނިކުފާނުގެ ޓީވީ ޗެނަލް -- ވީޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަނީ ކުރީގެ ސަރުކާރުތައް ފަދައިން މި ސަރުކާރުން ވެސް އެމަނިކުފާނުގެ ވިޔަފާރިއަށް އަމާޒުކޮށް ގެއްލުން ދޭން ފަށާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލް ގާސިމް ހިއްސާކުރައްވާފައެއް ނުވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އެމެރިކާ

މީ ވަރައް ދެރަކަމެއް. ދިވެހިންގެ މުދާ ނުވިއްކޭނެ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345