މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ސިޔާސަތުތައް ރަނގަޅު ކުރާނަން: ޝުޖާއު

ފުލުހުންގެ އަސާސީ ސިޔާސަތުތައް ރަނގަޅުކުރަން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ޝުޖާއު ވިދާޅުވީ ފުލުހުންގެ އަސާސީ ސިޔާސަތުތައް ރަނގަޅުކުރުމުން ފުލުހުން މަގުމަތީގައި ފައިމަގުގައި ޕެޓްރޯލް ކުރާ ކުރުންވެސް އިތުރުކޮށްފައިވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ ފުލުހުން އިތުރުވެ އެ މަންޒަރު ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި ކުށް މަދުވެ އަމާންކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވޭނެ ކަމަށެވެ.

"މިކަންކަމާ ގުޅިގެން ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ތަހުގީގުކޮށް، އެކަމުގައި ގެއްލުންވީ މީހުންނަށް އަވަހަށް އިންސާފެއް ލިބިގެންދާނެ،" ޝުޖާއު ވިދާޅުވި އެވެ

ސްކޫލު ބަންދާ ދިމާކޮށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް މިމަހުގެ 25 ވަނަ ދުވަހު ފަށާފައިވާ ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ. މިކަންކަމަކީވެސް ފުލުހުންގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށްވެސް ވިދާޅުވި އެވެ