ސްޓެލްކޯ

ފަސް ރަށެއްގައި ރިނިއުވަބަލް އެނާޖީ ހައިބްރިޑް ސިސްޓަމް ގާއިމުކުރަން ބަޔަކު ހޯދަނީ

ސްޓެލްކޯގެ ހެޑް އޮފީސް -- ފޮޓޯ: އަވަސް
0%
0%
0%

އަތޮޅު ތެރޭގެ ފަސް ރަށެއްގައި ރިނިއުވަބަލް އެނާޖީ ހައިބްރިޑް ސިސްޓަމް ގާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް ސްޓެލްކޯ އިން އިއުލާންކޮށްފި އެވެ.

މި ނިޒާމު ގާއިމުކުރަން ސްޓެލްކޯ އިން ބޭނުންވާ ފަސް ރަށަކީ އެ ކުންފުނިން ހިދުމަތްދޭ ކ. ގުރައިދޫ، އއ. ފެރިދޫ، އއ. މާޅޮސް، އދ. ހަންޏާމީދޫ އަދި ވ. ފެލިދޫ އެވެ.

ރިނިއުވަބަލް އެނާޖީ ހައިބްރިޑް ސިސްޓަމަކީ އިއާދަކުރަނިވި ހަކަތަ އާއި ތެޔޮ ބޭނުންކޮށްގެންވެސް އަދި ދެ ބައި ވަކިންވެސް ހަކަތަ އުފައްދައިގެން ކަރަންޓްގެ ހިދުމަތް ދިނުމަށް ބޭނުންކުރަ ނިޒާމެކެވެ.

ސްޓެލްކޯ އިން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން އެ ކުންފުނިން ހުޅުވާލާފައިވާ ފަސް ރަށުގައި ރިނިއުވަބަލް އެނާޖީ ހައިބްރިޑް ސިސްޓަމް ގާއިމުކުރުމަށް ކުރިމަތިލެވޭނެ ހަމައެކަނި ދިވެހި ކުންފުނިތަކަށެވެ.

މިމަޝްރޫއަށް ފުރަތަމަ ހުށަހަޅަންޖެހެނީ ޓެކްނިކަލް އަދި ޑިޒައން ޕްރޮޕޯސަލެވެ. މިފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 11:00ގެ ނިޔަލަށެވެ.

ޓެކްނިކަލް ޕްރޮޕޯސަލްތައް ލިބުމުން މިމަޝްރޫއަށް ހޮވޭ ފަރާތްތަކުން ފައިނޭންޝަލް ޕްރޮޕޯސަލް ހުށަހެޅުމަށް ފަހުން ފުރުސަތު ދޭނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ޕްރޮޕޯސަލް ހުށަހަޅާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި 20,000 ރުފިޔާ ނުވަތަ އެއަގަށްވާ އެމެރިކާ ޑޮލަރު ހުށަހަޅަންޖެހެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910