މޫސުން

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކިހިސާބަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް މިހާރު ދަނީ އަރަބި ކަނޑަށް ޖެހެމުން ކަމަށެވެ.

މޫސުމީ މި ބަދަލާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

އެހެންވެ ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެ އެވެ.