މޫސުން

މޫސުން ގޯސް، ސަމާލުވޭ

މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ސަމާލުވާން އަންގައިފި އެވެ.

ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބި ކަނޑަށް ޖެހެމުން ދާތީ މެޓް އޮފީހުން ވަނީ މާލެ އަތޮޅުން ފެށިގެން ދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ.

މިރޭ ސަރަހައްދުތަކަށް މިރޭ 08:00 ޖެހުމާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަަމަށާއި، އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ވައިޓް އެލާޓްވެސް ނެރެފަ އެވެ.

މި ސަރަހައްދަށް މިރޭ 11:00 ޖެހުމާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަަމަށާއި، އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެެވެ.

ދަތުރުކުރާ ފަރާތްތަކުން ވަކިން ބޮޑަށް މޫސުމަށް ސަމާލުވުމަށްވެސް މެޓް އޮފީހުން އެދިފައިވެ އެވެ.