ދުނިޔެ

އެމެރިކާ ބުނާހާ ގޮތެއް ހެދޭކަށް ނެތް: ނަތަންޔާހޫ

އެމެރިކާ ދެކޭ ގޮތުގައި ޔަހޫދީ ޒަޔަނިސްޓުންނަކީ ކޮންމެހެން ވެސް ބަލަހައްޓަން ޖެހޭ ބައެއް ނޫނެވެ. މެދުއިރުމަތިގައި އަރަބިންގެ މެދުގައި ފިތުނަ އުފެއްދުމަށްޓަކައި -- އަދި އަރަބިންގެ ބިންތަކުގައި އިޒުރޭލުގެ ނަމުގައި ޔަހޫދީ ދައުލަތެއް ދެމެހެއްޓުމަކީ ކޮންމެ އަގެއްގައި ނަމަވެސް ކުރަން މަޖުބޫރު ކަމެކެވެ.

ޔަހޫދީންނަށް ވެސް މިކަން އެނގެ އެވެ. އެމެރިކާ ނޭދޭ ކޮންމެ ކަމެއް ކުރި ނަމަވެސް، ޒަޔަނިސްޓުންނާ ދުރަށް -- އަދި އެމެރިކާގައި ކޮންމެ ޕާޓިއަކުން ވެރިކަންކުރި ނަމަވެސް -- އެ ވަގުތެއްގައި ހުންނަވާ ރައީސަކަށް ވަޑައެއް ނުގަނެވޭނެ އެވެ.

އޮކްޓޯބަރު ހަތެއްގައި ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީކަށް ހަމަމާދީ އަރައިގަތުމާ ގުޅިގެން، ފަލަސްތީންގެ ޣައްޒާއަށް ޔަހޫދީން ދެމުން ގެންދާ ހަމަލާތައް އާދަޔާ ޚިލާފަށް ވަރުގަދަ ކަމަށް އެމެރިކާ ބުނުމުން، ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، ޔަހޫދީން ކަންކުރަން ޖެހޭ ގޮތް އެމެރިކާއަށް ނޭނގޭނެ ކަމަށެވެ.

އެކަމަކު ޣައްޒާ ހަނގުރާމާގައި ފަލަސްތީން މީހުން މެރުމަށް އެންމެ ގިނައިން ހަތިޔާރާއި ފައިސާ ދިނީ އެމެރިކާއިންނެވެ.

އިޒްރޭލުން ކަމަކަށް އެދި ނުބުންޏަސް، އެމެރިކާ އޮތީ ޔަހޫދީ ޒަޔަނިސްޓުންނަށް އެހީތެރިވެދޭ ގޮތަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާ ހަނގުރާމައާ ގުޅިގެން އެމެރިކާއާ އިޒުރޭލާ ދެމެދު ހިނގާ ދިޔަ ބައެއް މުއާމަލާތްތައް ފާލުން ނައްޓައި ދެބަސްވުމާ ހަމައަށް ވަނި ގޮސްފަ އެވެ.

ޔަހޫދީންގެ ބޭނުމަކީ މުޅި ޣައްޒާ ފުނޑާލައި ހަނަފަސްކުރާށެވެ. އަދި ޣައްޒާގައި ވެރިކަންކުރާ ބައެއްގެ ގޮތުގައި ޔަހޫދީން ތިބުމެވެ.

އެމެރިކާ ބުނާ ގޮތުން ޣައްޒާއިން މީހުން ބޭލުމަކުން ޔަހޫދިންނަށް އޮތް ރައްކާތެރިކަމެއް ނެތެވެ. ޣައްޒާގެ އާބާދީއަށް ޕްރެޝަރުކޮށް ކިތަންމެ ބިރެއް ދެއްކިއެއް ކަމަކު، ޔަހޫދީންނަށް އެއްވެސް ފައިދާއެއް ނުވާނެ ކަމަށް އެމެރިކާއިން ބުންޏެވެ.

ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫގެ ވިސްނުމުގައި މުޅި ޣައްޒާ މަރައިގެން ނޫން ގޮތަކަށް ޔަހޫދީންނަށް އުޅެވޭކަށް ނެތެވެ. ޔަހޫދީނަށް އޮތް އެންމެ ބޮޑު ވަބާއަކީ ވެސް މުސްލިމުންނެވެ.

ޣައްޒާގައި މީހުން ދެން އިތުރަށް ނުމަރައި އެ ބިމުން ޔަހޫދީ އަސްކަރިއްޔާ ފޭބުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވުމުން ވެސް ޔަހޫދީ ނަތަންޔާހޫ ވިދާޅުވީ އެއީ ކުރެވެން ނެތް ކަމެއް ކަމަށެވެ.

ޣައްޒާއަށް ޔަހޫދީ އަސްކަރިއްޔާ އަރައިގަތީ ވަކި ބޭނުމެއްގައި ކަމަށާއި އެ ބޭނުން ނުފުދެނީސް ނުފައިބާނެ ކަމަށް ވެސް ނަތަންޔާހޫގެ ސަރުކާރުން އޮތީ ބުނެފަ އެވެ.