ދުނިޔެ

"ޔަހޫދީ ނަތަންޔާހޫގެ ޒަމާން ދާކަށް ދުވަސްތަކެއް ދެން ނެތް"

ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތިންޔާހޫއަށް ދެން މާ ގިނަ ދުވަހު އެ މަގާމުގައި ނުހުންނެވޭނެކަން އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް އެނގިވަޑައިގެންފި ކަމަށް ބުނާ ރިިޕޯތްތަކެއް އާންމުވެއްޖެ އެވެ.

ބައިޑަން ސަރުކާރުގެ އިސް އޮފިޝަލުންތަކަކާ ހަވާލާދީ އެމެރިކާގެ ނޫސްތަކުން ބުނާ ގޮތުން ނަތަންޔޫގެ ވެރިކަމުގައި ދެން އޮތީ މަދު އަދަދަކުން ގުނާލެވޭ ދުވަސްތަކެކެވެ.

ހަމާސް ޖަމާއަތުން ޔަހޫދީ އާބާދިތަކަށް އޮކްޓޯބަރު ހަތެއްގައި ދިން ހަމަލާ އަކީ ޒަޔޮނިސްޓް ނަތަންޔާހޫގެ ވެރިކަމަށް ކުރިމަތިވި އިމްތިހާނެއް ކަމަށް އެމެރިކާ ސަރުކާރު ދެކެ އެވެ.

ނަތަންޔާހޫގެ ކިބާގައި ބޮޑުވަޒީރުގެ ޒިންމާތައް އުފުއްލެވުމުގެ ގާބިލުކަން ނެތް ކަމަށް ވެސް ގިނަ ބަޔަކު މިހާރު ގަބޫލުކުރެ އެވެ. އަދި ޔަހޫދީ ދައުލަތުގެ މުއައްސަސާތައް އެކުވެރިކޮށް ގުޅިގެން ސަރުކާރު ހިންގުމުގެ ބާރު ނެތް ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.

ބައިޑަން މިދާކަށް ދުވަހު ޔަހޫދީން ހިސާރުކޮށްފައި އޮތް ފަލަސްތީންގެ ބިމަށް ވަޑައިގެން ޔަހޫދީ ބޮޑުވަޒީރާ ބައްދަލުކުރައްވައި -- އޭނާގެ އަރިހުގައި ވެސް މި މޭރުމުން ވާހަކަދެއްކެވި ކަމަށް ވެއެވެ.

ޔަހޫދީ ސަރުކާރަށް ދިމާވި ގޮންޖެހުމާ މެެދު ވިސްނާ ވަޑައިގަތުމަށާއި ވެރިކަމުގައި ދެމިހުންނެވުމާ މެދު ވިސްނާވަޑައިގަތުމަށް ބައިޑަން ދެންނެވި ކަމަށް ވެއެވެ.

މިއަދު އެނގިވަޑައިގެންނެވި އެއްޗަކުން ދަރިފަސްކޮޅު ތަމްރީންކުރެއްވުމަށާއި ވާރުތަކުރެވޭ މުދަލެއް ފަދައިން ގައުމުގެ ހާލަތު ވާރުތަކުރެއްވުމަށް ވެސް ޔަހޫދީންނަށް ބައިޑަން ދެންނެވި އެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުން ޔަހޫދީ ނަތަންޔާހޫގެ ބޮޑުވަޒީރުކަމުގައި މެދުރިއިރުމަތީގައި އަބަދުވެސް ކޯޅުން ބޮޑުވެ އެވެ.

ނަތަންޔާހޫ އަކީ އާންމުގެ މަސްލަހަތަށް ވުރެ ޒާތީ މަސްލަހަތަށް ލޯބިކުރައްވާ ބޭފުޅެއް ކަމަށް ގާނޫންހަދާ މަޖިލީސް -- ކްނެސެޓްގެ މެންބަރުން ވެސް ވިދާޅުވި އެވެ.

މެދުއިރުމަތީގައި ޔަހޫދީންނަށް ނުރައްކާ ބޮޑުވަނީ ބޮޑުވަޒީރަކަށް ހުންނަވާ ބޭފުޅަކު ގެންގުޅުއްވާ ސިޔާސަތެއްގެ ސަބަބުން ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.

ޔަހޫދީ ނަތަންޔާހޫ މިދާކަށް ދުވަހު ވަނީ ޔަހޫދީ ޖާސޫސީ އިދާރާ އަށާއި އަސްކަރީ ވެރިންނަށް ރުޅިވެރިކަމާ އެކު މުޚާތަބުކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޔަހޫދީންނަށް އޮތް ބިރުވެރިކަމާ ބެހޭ ގޮތުން ސީކްރެޓް ސާވިސްއިން އޭނާއަށް މައުލޫމާތެއް ނުދެއްވަ އެވެ.

ނަތަންޔާހުގެ މި ވިދާޅުވުން ހުޅުފަޅައިގެން ގޮސް ފަހުން ވަނީ މާފަށް ވެސް އެދިވަޑައިގެންފަ އެވެ.

އިދިކޮޅު ލީޑަރު ޔައީރު ލަޕީދު ވިދާޅުވި ގޮތުން ޔަހޫދީންެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓައި ދެނީ އަސްކަރިއްޔާ އާއި ސީކްރެޓް ސާވިސްއިންނެވެ. އެ މީހުންނަށް ބަދުބަސް ވިދާޅުވުމަކީ ބޮޑު ފޭލިވުމެއް ކަމަށް ވެސް އިދިކޮޅު ލީޑަރު ވިދާޅުވި އެވެ.