ދިވެހިންނަށް ވިސާއާ ނުލާ މޮންގޯލިއާއަށް ދަތުރުކުރެވޭ ގޮތް ހަދައިފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މޮންގޯލިއާއަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ވިސާއާ ނުލާ 30 ދުވަހުގައި މުއްދަތަކަށް ދަތުރުކޮށް ޓްރާންސިޓް ވެވޭނެ ކަމަށެވެ.
ނަމަވެސް ދިގު މުއްދަތަކަށް މަޑުކުރަން ނުވަތަ ވަޒީފާ އަދާކުރަން ނުވަތަ ކިޔަވަން ދާން ނުވަތަ މޮންގޯލިއާގައި ވިޔަފާރި ކުރަން ބޭނުންވާ ދިވެހިން ދަތުރުކުރުމުގެ ކުރިން ވިސާ ނަގަން ޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ނިމިދިޔަ ސަރުކާރުގައި ވަރަށް ގިނަ ގައުމުތަކާ އެކު ވަނީ ވިސާއާ ނުލައި އެ ގައުމުތަކަށް ދިވެހިންނަށް ދަތުރުކުރެވޭ ގޮތަށް އެއްބަސްވުންތައް ހަދާފަ އެވެ.