ދުނިޔެ

އުތުރު އަފްޣާނިސްތާނަށް މަތިންދާބޯޓެއް ވެއްޓިއްޖެ

އިންޑިއާއިން ފުރައިގެން ރަޝިއާއަށް ދަތުރުކުރި ކުޑަ މަތިންދާބޯޓެއް ހަ މީހުންނާ އެކު އުތުރު އަފްޣާނިސްތާނަށް ވެއްޓިއްޖެ އެވެ.

މި ބޯޓުން ދަރުރުކުރީ ހަތަރު ފަޅުވެރިންނާއި ދެ ދަތުރުވެރިންނެވެ. މި މީހުންގެ ހާލަތާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ. ހަބަރުތައް ބުނާ ގޮތުން ގާތީ އެންމެން މަރުވުމާ އެވެ.

އަފްޣާނިސްތާން އިންފޮމޭޝަން މިނިސްޓްރީން -- ޒަބީހުﷲ އަމީރީ ވިދާޅުވި ގޮތުން މިއީ އިންޑިއާގެ ކުންފުންޏަކަށް ނިސްބަތްވާ ބޯޓެކެވެ. ނަމަވެސް އިންޑިއާ އިން މިކަން ދޮގުކުރެ އެވެ.

މި ބޯޓަކީ އިންޑިއާ ސަރުކާރު ނުވަތަ އިންޑިއާގެ ކުންފުންޏަކާ އެއްވެސް ގުޅުމެއް އޮތް ބޯޓެއް ނޫން ކަމަށް އެ ގައުމުން ބުންޏެެވެ.

އިންޑިއާއިން އަދި ބުނީ އެއީ މަޣުރިބްކަރައިގައި ރަޖިސްޓްރީކޮށް އަދި އެ ގައުމުގައި ދުއްވާ ބޯޓެއް ކަމަށެވެ.

ޒަބީހުﷲ އަމީރީ ވިދާޅުވި ގޮތުން ބޯޓު ވެއްޓުނީ ތިޖިިކިސްތާން ބޯޑަރަށެވެ. ބޯޓާށް ވީގޮތް ބެލުމަށް އޮފިސަރުންގެ ޓީމެއް އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ރަޝިއާ ބުނާ ގޮތުން އެ ބޯޓު ރަޖިސްޓަރީކޮށްފައި އޮތީ ރަޝިއާގަ އެވެ. ބޯޓު ދަތުރުކުރީ އިންޑިއާ އިން ފުރައިގެން އުޒްބެކިސްތާންގެ ވައިގެ ތެރެއިން ރަޝިއާގެ ވެރިރަށް -- މޮސްކޯ އަށެވެ.

ބޯޑަރު ރާޑަރުން ގެއްލުނީ އަފްޣާނިސްތާން ވައިގެ ސަރަހައްދުން ކަމަށްވެސް ރަޝިއާގެ އޭވިއޭޝަން އޮތޯރިޓީން ބުންޏެވެ.

މި ބޯޓު ގެއްލުނު ގޮތާ މެދު ކަންބޮޑުވުން އޮތީ އުޅަނދަށް ދިމާވީ ކޮން މައްސަލައެއްކަން ނޭނގޭތީ އެވެ.

މިއީ އިޒުރޭލުން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ވަރަށް ގިނަ ކަންތައްތަކެއް -- ހަނގުރާމަވެރިންގެ ހަމަލާތައް ދިމަދިމާއަށް އަރާ ދުވަސްކޮޅަކަށް ވާތީ މި ބޯޓަށް ވެސް ހަމަލާދިނީ ކަމަށް ލަފާކުރެވޭތީ އެވެ.

އަފްޣާނިސްތާންއާއި އިރާން އަދި ޕާކިސްތާން ގުޅޭ ބޯޑަރު ސަރަހައްދަކީ ހަނގުރާމަވެރިންގެ ހާއްޔަކަށް ވެފައިވާތީ މިފަދަ ގުރޫޕަކުން އަސްކަރީ ޑްރޯނުން ހަމަލާދިނީ ކަމަށްވެސް ހަބަރުތައް ލަފާކުރެ އެވެ.

އަފްޣާނިސްތާންގެ އިންފޮމޭޝަން މިނިސްޓްރީން ބުނީ ބޯޓަށް ދިމާވެފައި އޮތް ގޮތް މަންޒަރު ބެލުމަށްފަހު މީޑިއާއަށް ހާމަކުރާނެ ކަމަށެވެ.