އެކްސިޑެންޓް

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ. ފުލުހުން ބުނީ މިއަދު ހަވީރު 4:00 ޖަހައި އެހާކަންހާއިރު ހުޅުމާލެ ނިރޮޅު މަގުގައި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އެމައްސަލަ މިހާރު ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ޒަހަމްވި މީހުންނަށް މިހާރު އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެނގިފައިވާ ގޮތުގައި އެކްސިޑެންޓްގައި އެކެއްގެ ބޯ ފަޅައިގެން ދިޔައިރު ދެވަނަ މީހާގެ އުނަގަނޑަށް ގެއްލުންތައް ލިބުނެވެ.

ހުޅުމާލޭގެ ނިރޮޅު މަގަކީ ވަރަށް ގިނައިން އެކްސިޑެންޓްތައް ހިނގާ މަގެކެވެ.