އެކްސިޑެންޓް

އެކްސިޑެންޓެއްގައި ތިން އުޅަނދަކަށް އެކިވަރުގެ ގެއްލުން

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ތިން އުޅަނދަކަށް އެކިވަރުގެ ގެއްލުން ލިބިއްޖެ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހި ނިރޮޅުމަގު ދެވަނަ ރުއްގަނޑާ ހިސާބުން ދުއްވާފައި ދިޔަ ކާރެއްގައި ފަހަތުން އައި ވޭނެއް ޖެހުނު ވަގުތު، އެ ކާރު ގޮސް ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހިގެންނެވެ.

މި ހާދިސާގައި ކާރު އަދި ވޭން ދުއްވި މީހުންނަށް ކުދިކުދި އަނިޔާ ލިބިފައިވާއިރު އެކްސިޑެންޓްގައި ހިމެނޭ ތިން އުޅަނދަށްވެސް އެކިވަރުގެ ގެއްލުން ލިބުނެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 6:20 ހާއިރު އެވެ.

ވޭން އަދި ކާރު ދުއްވި މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށާއި ދެ މީހުންނަކީވެސް ލައިސަންސް އޮތް ދެ މީހުން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.