ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

އަދުރޭއާއެކު 13 ބޭފުޅަކަށް ޓިކެޓް ޔަގީންވެއްޖެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހިމެނޭހެން 13 ބޭފުޅަކަށް ޓިކެޓް ޔަގީންވެއްޖެ އެވެ.

ޕީއެންސީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރައްވާނެ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.

ޕްރައިމަރީގެ ކުރިން ޓިކެޓް ޔަގީންވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް ތިއްބެވި ބައެއް މެންބަރުންނާއި ޕީޕީއެމް ޕީއެންސީގެ އިސް ބައެއް ބޭފުޅުން ހިމެނެ އެވެ.

ޓިކެޓް ކަށަވަރުކުރެއްވި ބޭފުޅުން

  • ހޯރަފުށީ ދާއިރާ - އަލީ މޫސާ، ހުޅުމާލެ ފްލެޓް
  • ބާރަށު ދާއިރާ - އިބްރާހިމް ޝުޖާއު، ސައުދީ މަންޒިލް / ހއ. ބާރަށް
  • ހަނިމާދޫ ދާއިރާ - އިދުރީސް އަބްދުﷲ، އިރުދޯދި / ހދ. ހަނިމާދޫ
  • އޭދަފުށި ދާއިރާ - އަހުމަދު ސަލީމް، ހ. ފަށަން
  • މަހިބަދޫ ދާއިރާ - އަހުމަދު ތޯރިގް، ކަންމަތީގެ / އދ. މަހިބަދޫ
  • ނިލަންދޫ ދާއިރާ - ފާތިމަތު ސައުދާ، ފިގް / މާލެ
  • ތިމަރަފުށީ ދާއިރާ - އިބްރާހީމް ސަނާހު، ނިޝާން / ތ. ތިމަރަފުށި
  • ފޮނަދޫ ދާއިރާ - އަބްދުއްރަހީމް އަބްދުﷲ، އަރާއިރު / ލ.ފޮނަދޫ
  • ހިތަދޫ މެދު ދާއިރާ - އަހުމަދު އަޒާން މަރުޒޫގް، ހެޕީ ހާޓް / ސ. ހިތަދޫ
  • ހުޅުދޫ ދާއިރާ - މުހައްމަދު ޝާހިދު، މޭވާގަސްދޮށުގެ / ސ. ހުޅުދޫ
  • ގަލޮޅު ދެކުނު ދާއިރާ - އިބްރާހިމް މުހައްމަދު، ގ. ގްރީންބީންސް
  • ހެންވޭރު ހުޅަނގު ދާއިރާ - އަލީ އިބްރާހިމް، ހ. މަދޮށިމާގެ
  • ހުޅުމާލެ މެދު ދާއިރާ - އަބްދުﷲ ޝަޒީމް، ހުޅުމާލެ ފްލެޓު

ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންދާއިރު ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ އަދަދާއި އެ ބޭފުޅުންގެ މައުލޫމާތު އަދިވެސް ޕީއެންސީ އަކުން ހާމައެއް ނުކުރެ އެވެ.

ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ޕްރައިމަރީގައި ވާދަނުކުރެއްވޭނެ ކަމަށް މީގެކުރިން އެންގުމާ ގުޅިގެން ޕީއެންސީގެ ތެރޭގައި ބޮޑެތި ކޯޅުންތަކެއް އުފެދި ބައެއް މީހުން ޕާޓީން ވަކިވުމަށްވެސް ހުށަހެޅި އެވެ. ނަމަވެސް ރައީސް މުއިއްޒު މިހާރު ވަނީ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި ހުރިހާ ބޭފުޅުންނަށްވެސް ޕްރައިމަރީގައި ވާދަކުރެއްވޭނެ ކަމަށް އަންގަވާފަ އެވެ.