ރައްޔިތުންގެ މަޖިލިސް

ސަރުކާރަށް ތާއީދުކުރާ މެންބަރުން ޗެމްބަރު ތަޅުލުމުން ރުހުންދިނުން ފަސްވެއްޖެ

ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޗެމްބަރު ތަޅުލައިގެން ތިއްބެވުމާ ގުޅިގެން ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމުގެ ޖަލްސާ ފެށުން ލަސްވެއްޖެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައި އޮތީ މިއަދު މެންދުރުފަހު 1:30 ގައެވެ. ނަމަވެސް ޑިމޮކްރެޓުންނާއި އެމްޑީޕީގެ މެންބަރުންނަށް ނުވަދެވޭނެހެން ޕީޕީއެމް ޕީއެންސީގެ މެންބަރުން ވަނީ މަޖިލީހުގެ ޗެމްބަރުގެ ދޮރު ތަޅުލާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ ޖަލްސާ ފެށުން ލަސްވަނީ ޖަލްސާ ފެށުމަށް ބޭނުންވާ މާހައުލު މިވަގުތު ނެތުމުން ކަމަށެވެ. އަދި ޖަލްސާ ފެށޭނެ ގަޑި މެންބަރުން އަންގަމުން ގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އެމްޑީޕީގެ މެންބަރުންތަކެއް ޕީއެންސީ އަށް ސޮއިކުރެއްވުމާ ގުޅިގެން ކުރިން މަދު މެންބަރުންތަކެއް ތިބި ޕީއެންސީ މިއަދު ވަނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ބަދަލުވެފަ އެވެ.

ވަޒީރުންގެ މަޖިލީހުގައި 22 ބޭފުޅުން ހިމެނޭއިރު މީގެތެރޭގައި ތިން އަންހެން ބޭފުޅުންވެސް ހިމެނެ އެވެ.

އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް އެއްބަސްވެވެނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަނައިބް އަހްމަދު އުޝާމަށް ރުހުން ނުދިނުމަށެވެ. އަދި އ

އެމްޑީޕީން ރުހުން ނުދޭން ނިންމި އިތުރު ވަޒީރެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ހިމެނެ އެވެ. އެކަމަކު ޑިމޮކްރެޓުން ރުހުން ނުދޭން ނިންމި ވަޒީރުންގެ ލިސްޓުގައި ސައީދު ނެތް ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ވިދާޅުވެ އެވެ. ދަ ޑިމޮކްރެޓްސް އިން ރުހުން ނުދޭން ނިންމި އިތުރު ވަޒީރެއްގެ ގޮތުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ހިމެނެ އެވެ. ނަމަވެސް އެމްޑީޕީން ރުހުން ނުދޭން ނިންމި ވަޒީރުންގެ ލިސްޓްގައި މޫސާ ޒަމީރު ނެތް ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވެ އެވެ.