ދިރާގުގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަނަށް އެންރޯލްކުރުމުގެ އެންމެ ފަހު ފުރުސަތު މާދަމާއަށް ހަމަވާނެ އެވެ.
މި "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ދަށުން ޕޯސްޓްޕެއިޑް 450 ނުވަތަ ފައިބާ ބްރޯޑްބޭންޑް 30M އިން މަތީގެ ޕެކޭޖްތަކަށް ޖެނުއަރީ 31 ގެ ކުރިން ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އެގޮތުން ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ފަސޭހަކާމާއެކު ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ.
ޝަރުތު ފުރިހަމަވާ ހުރިހާ ކަސްޓަމަރުންނަށްވެސް މި "ވިން އަ ޓެސްލާ" ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. މީގެ އިތުރުން ކޮންމެ ކަސްޓަމަރަކަށްވެސް އެފަރާތްތަކުގެ ޝަރުތު ފުރިހަމަވާ ހުރިހާ މޮބައިލް ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ނަންބަރުތައް އެންރޯލްކޮށް ޓެސްލާ ކާރެއް ކާމިޔާބު ކުރުމުގެ ފުރުސަތު އިތުރުކޮށްލެވޭނެ އެވެ.
މި ޕްރޮމޯޝަނަކީ ދިރާގުގެ 35ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު، އައު ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި އެކުންފުނިން ލޯންޗުކުރި ޕްރޮމޯޝަނެކެވެ.
އެގޮތުން ދިރާގުން ވަނީ ދިރާގު ހެޑް އޮފީސް އަދި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ދެ އިވެންޓެއްގައި މި ޕްރޮމޯޝަންގެ ޓެސްލާ ކާރު ދައްކާލާފައެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ އެވެ.
ދިރާގުގެ 35 ވަނަ އަހަރު ފާހަގަކުރަމުންދާއިރު އެކުންފުނިން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެފަރާތްތަކަށް މަގުފަހިކޮށްދެމުންނެވެ.