އުރީދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫގެ ރަނުގެ ފުރުސަތު

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސް އިން ފަށައިފި އެވެ.

ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށްދާ ދުވަސްދުވަހު ހުޅުމާލޭ ރެހެންދި ޓާފުގައި ހުންނަ އުރީދޫ ޓެންޓުން އުރީދޫގެ ހިދުމަތެއް ހޯދައިގެން ކޮންމެ ހަފުތާއަކު އަގުހުރި އިނާމެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫން ވަނީ ފަށާފަ އެވެ.

އެގޮތުން އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ނުވަތަ ސުޕަނެޓް ހިދުމަތް އަދި 5ޖީ ޑިވައިސްއެއް ނެގި ކަމުގައިވިޔަސް މި ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.

އަގުހުރި އެތައް އިނާމެއް ހިމެނޭ މި ލަކީޑްރޯގައި ލިބޭ އިނާމުތަކުގެ ތެރޭގައި ޓީވީ، ފްރިޖު، ސޯފާ، އަވަން ފަދަ ބޭނުންތެރި އިނާމުތައް ހިމެނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މާޗް މަހު ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާއި ހަމައަށެވެ.

ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުގައި އުރީދޫ ޓީމުން ކަސްޓްމަރުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވަމުންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.