ދޯހާ މެރަތަންގައި ބައިވެރިވުމުގެ ފުރުސަތާއެކު ހިލޭ ގަތަރު ޓްރިޕް ލިބޭ ލަކީޑްރޯގެ ނަސީބުވެރިން އުރީދޫ މޯލްޑިވްސް އިން އިއުލާނުކޮށްފި އެވެ.
ނަސީބުވެރިންގެ ގޮތުގައި ހޮވުނު ދެ ކަސްޓަމަރުން ކަމަށްވާ މުހައްމަދު އަހުމަދާއި ސަމަދު އަފީފަށް އުރީދޫން ވަނީ މަރުހަބާ ކިޔާފަ އެވެ.
މި ލަކީޑްރޯއަކީ ސިއްހަތާއި ފިޓްނަސް ކުރިއަރުވުމަށާއި މުޖުތަމައުއާއި އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން އުރީދޫ ކަސްޓަމަރުންނަށް ތަފާތު އެކި ފުރުސަތުތައް ތަނަވަސްކޮށް ދިނުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތުގެ ރަމްޒީ ހެއްކެތް ކަމަށް އުރީދޫން ބުނެ އެވެ.
އުރީދޫން ބުނި ގޮތުގައި ނަސީބުވެރިން ހޮވާފައިވަނީ ޝަރުތު ހަމަވާ މީހުންގެ ޕޫލްގެ ތެރެއިންނެވެ.
އެގޮތުން ވޭތުވެދިޔަ އަހަރެއްހާ ދުވަހު އުރީދޫގެ އެކްޓިވް ކަސްޓަމަރެއްގެ ގޮތުގައި ހުރުމާއި ހާފް މެރެތަން ނުވަތަ ފުލް މެރެތަން ފުރިހަމަކޮށްފައި ވުމާއި ދަތުރުކުރުމަށް ސައްހަ ދިވެހި ޕާސްޕޯޓެއް އޮތުން ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.