ދިރާގު

ދިރާގުގެ އީއޭއެފްސީ 24 މިނީ ސީރީޒަށް ރަޖިސްޓްރީވާން ހުޅުވާލައިފި

ދިރާގުން އިންތިޒާމްކޮށްގެން ބާއްވާ އީސްޕޯޓްސް މުބާރާތް، އީއޭއެފްސީ 24 މިނީ ސީރީޒް 1 އަށް ރަޖިސްޓްރީވުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިފި އެވެ.

އީއޭއެފްސީއަކީ ރާއްޖޭގެ ހުރިހާ އުމުރުފުރައެއްގެ ކުޅުންތެރިންވެސް ކުޅޭ މަޝްހޫރު ކޮންސޯލް ގޭމެކެވެ. އެގޮތުން ދިރާގު އީއޭއެފްސީ 24 މިނީ ސީރީޒް 1 ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22-24 އަށް ދިރާގު ދިރާގު ހެޑް އޮފީހުގަ އެވެ. މީގެ އިތުރުން މި އިވެންޓްގެ ތެރޭގައި އިތުރު ގޭމިން އިވެންޓްތައްވެސް ކުރިއަށްދާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު އީއޭއެފްސީ 24 މިނީ ސީރީޒް 1 ގެ އިނާމު ޕޫލަކީ ޖުމްލަ 30،000 ރުފިޔާގެ އިނާމާއެކު:

  • ޗެމްޕިއަން: 12،000 ރުފިޔާ
  • ރަނަރަޕް: 8،000 ރުފިޔާ
  • 3 ވަނަ: 4،000 ރުފިޔާ
  • 4 ވަނަ: 2،000 ރުފިޔާ
  • 5 ވަނަ، 6 ވަނަ، 7 ވަނަ އަދި 8 ވަނަ: ކޮންމެ ވަނައަކަށް 1،000 ރުފިޔާ

މި މުބާރާތަށް ޝައުގުވެރިވާ މީހުން ދިރާގު ވެބްސައިޓް މެދުވެރިކޮށް މިމަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ރަޖިސްޓްރީކުރެވޭނެ އެވެ.

މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 15 އަހަރުން މަތީގެ ދިވެހިންނަށެވެ. މުބާރާތުން ޖާގަ ހޯދުމަށް ވީހާވެސް އަވަހަކަށް ރަޖިސްޓްރީވުމަށް ދިރާގުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އީއޭއެފްސީ 24 މިނީ ސީރީޒް 1 މުބާރާތަކީ ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތަފާތު ކުޅިވަރުތަކާއެކު މުޅި އަހަރަށް ބަހާލައިގެން ދިރާގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އީސްޕޯޓްސް މުބާރާތްތަކުގެ ބައެކެވެ.

އެގޮތުން މިދިޔަ މަހުގައި ދިރާގުން ވަނީ މީގެ އެންމެ ފުރަތަމަ މުބާރާތްކަމަށްވާ މޮބައިލް ލެޖެންޑްސް މިނީ ސީރީޒް 1 ބާއްވާފަ އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ގޭމަރުންގެ ފަރާތުންވަނީ މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ ރާއްޖޭގެ އީސްޕޯޓްސް އިތުރަށް ތަރައްގީކޮށް ކުރިއަރުވާ، ދިވެހި އީސްޕޯޓްސް އިތުރު ހަރުފަތަކަށް ގެންދިއުމަށް ރާއްޖޭގެ ގޭމިން ކޮމިއުނިޓީއާ ގުޅިގެން މަސައްކަތް ކުރުމެވެ.