ޑރ. މުހައްމަދު މުއިއްޒު

ގިރާވަރުފަޅުން ލިބުނު ގޯތި ގުޅިފަޅަށް ބަދަލުކުރުމަކީ އޮތް ފުރުސަތެއް: ރައީސް

ގިރާވަރުފަޅުން ގޯތި ލިބުނު ބައެއް މީހުންގެ ގޯތި ގުޅީފަޅަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ސުވާލުތަކަށް ރައީސް މުއިއްޒު ޖަވާބު ދެއްވުމަށް ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދާ ސިލްސިލް -- "ރައީސްގެ ޖަވާބު"ގައި މިއަދު އާންމު މީހަކު ސުވާލުކުރީ ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ގުޅީފަޅަށް ނުވަަތަ ހުޅުމާލެއަށް ބަދަލުކުރުމުގެ ފުރުސަތު އޮތްތޯ އަހާފަ އެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ ރައީސް ވިދާޅުވީ ގިރާވަޅު ފަޅުން ގޯތި ލިބުނު މީހުންގެ ގޯތިތައް ހުޅުމާލެއަށް ނުވަތަ ގުޅީފަޅަށް ބަދަލުކުރުމަށް ފުރުސަތު އޮތްތޯ ބައެއް އެހެން ރައްޔިތުންވެސް ސުވާލުކުރާ ކަމަށެވެ.

ރައީސް ވިދާޅުވީ އެގޮތަށް ގޯތި ބަދަލުކުރުމަކީ އެކަމަށް ފުރުސަތު އޮތް ކަމެއް ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ވަކި ހާއްސަ ސިޔާސަތެއް އަދި ކަނޑައަޅާފައި ނުވާ ކަމަށް ވިދާޅުވި އެވެ. ގުޅީފަޅާއި ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން ހަދައި ނިމުމުން އެކަމުގައި ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ގިރާވަޅު ފަޅުން ގޯތި ލިބުނު މީހުންނަށް ގުޅީފަޅުން ގޯތި ހަމަޖެހުމަކީ ފުރުސަތު އޮތް ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ގިރާވަރުފަޅު، ގުޅީފަޅު، ހުޅުމާލެ ދޭއް އަދި ތިނަކުން ގޯތި ދޭން ނިންމާ ބައެއް ގޯތިތަކުގެ ލިޔުންތައްވެސް ވަނީ ހަވާލުކޮށްފަ އެވެ. އެ ލިސްޓަށް ބަލައިގެން މިސަރުކާރުންވެސް ގެންދަނީ ގޯތި ލިބި ލިޔުން ހަވާލުނުކޮށް ތިބި މީހުންނަށް ގޯތިތަކުގެ ރަޖިސްޓްރީ ހަވާލުކުރަން ފަށާފަ އެވެ.