ށ. އަތޮޅު

ފަޅުރަށަކުން 10 ފޫޓުގެ ކިނބުލެއް ހިފައިފި

ށ. އަތޮޅު ފަރުކޮޅަށް ދަތުރު ދިޔަ ބަޔަކު ކިނބުލެއް ހިފައިފި އެވެ.

އެކި މީހުން ސޯޝަލްމީޑިއާގައި އާންމުކޮށްްފައިވާ ފޮޓޯއާއި ވީޑިއޯތަކަށް ބަލާއިރު މިއީ 10 ވަރަކަށް ފޫޓުގެ ކިނބުލެކެވެ.

ކިނބޫ ހިފުމަށްފަހު ކަމާ ގުޅޭ އިދާރާތަކާ ކިނބޫ ހަވާލުކޮށްފައިވާ ކަމަށް އަވަސް އަށް އެނގިފައިވެ އެވެ.

ކިނބޫ ފަދަ ނުރައްކާތެރި ޖަނަވާރުތައް އާންމުކޮށް ގެންދަނީ ސިފައިންގެ ބެލުމުގެ ދަށަށެވެ. އެކަމަކު ސިފައިން އަދި މިކަމުގައި ވަކި އެއްޗެއް ނުބުނެ އެވެ.

ކިނބުލަކީ އާންމުކޮށް ރާއްޖޭގައި ދިރިއުޅޭ އެއްޗަކަށް ނުވި ނަމަވެސް ދޭތެރެދޭތެރެއިން ރާއްޖޭގެ ރަށްތަކުން ކިނބޫ ފެނެ އެވެ.