ދުނިޔެ

އިޒުރޭލުން ރަފާހްއަށް އަރައިގަތުން ގަބޫލެއް ނުކުރަން: ރަޝިއާ

އިޒުރޭލުން ފަލަސްތީންގެ ޣައްޒާއަށް އަރައިގަނެ މުޅި ތަން ސުންނާފަތިކޮށް ގުންފައި ޖަހައި ރަފާހްއަށް އަރައިގަތުން ކުށްވެރިކުރައްވާ ކަމަށް ރަޝިއާގެ ހާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.

ތުރުކީގެ އަންޓާލިޔާގައި އޮތް ޑިޕްލޮމަސީ ފޯރަމްގައި ކުރެއްވި ތަގުރީރެއްގައި ލަފްރޯފް ވިދާޅުވީ ފަލަސްތީންގެ ނަސްލު ނައްތާލަން ނޫން ގޮތަކަށް އިޒުރޭލުން ރަފާހްއަށް ނާރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އިޒުރޭލުގެ އަމަލުތައް ބޮޑަށް ވައްތަރީ ފަލަސްތީންގެ ނަސްލު ނައްތާލަން ހިންގާ ޖަރީމާތަކެއް ގޮތުގައި ކަމަށެވެ.

ޣައްޒާ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 30،000 ފަހަނައަޅައި ދިއުމުން އެއީ ނަސްލު ނައްތާލަން އިޒުރޭލުން ހިނގާ އަމަލުތަކެއް ކަމަށް ބެލެވިދާނެ ކަމަށް ވެސް ލަވްރޯފް ވިދާޅުވި އެވެ. ޣައްޒާ ހަމަނުޖެހުންތަކަށް ލޮލަށް ފެންނަށް ހިސާބުގައި ވެސް ހައްލެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.

ލަވްރޯފް ވިދާޅުވީ އިޒުރޭލުން އެ ހިންގަނީ ވަރަށް ބޮޑު ޖަރީމާއެއްކަން -- އަސްކަރީ ގޮތުން ބާރުގަދަ ގައުމުތަކަށް -- އެނގިގެން މެނުވީ ހަމަނުޖެހުންތައް ނުހުއްޓުވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ފަލަސްތީން މިނިވަންކުރަން ލައްކަ މަޝްވަރާ ކުރެވިއްޖެ ކަމަށާއި އަދި ޣައްޒާ ހަމަލާތައް ހުއްޓުވުމަށްޓަކައި އެތައް ވާހަކައެއްވެސް ދެކެވިއްޖެ ކަމަށެވެ. ނަމަވެސް އިޒުރޭލު އޮތީ ބޯހަރުކަން ދޫކުރާ ގޮތަށް ނޫން ކަމަށް ވިދާޅުވި އެވެ.

ލަވްރޯފް ވިދާޅުވީ ގޮތް ދޫކޮށްގެން ނޫން ގޮތަކަށް އިޒުރޭލަށް އަދި ޖުމުލަ ގޮތެއްގައި މުޅި މެދުއިރުމައްޗަށްވެސް ހަމަޖެހުމެއް ނެތް ކަމަށެވެ. އޭނާ އަދި ވިދާޅުވީ އިޒުރޭލެއް ކަމަކު ދޫދިނުމަކީ ބަލައިގަންނަން ޖެހޭ ކަމެއް ކަމަށެވެ.

އިޒުރޭލުގެ ވިސްނުމަކީ ހަމާސް މުލުން އުފުރާލުމެވެ. ލަފްރޯފް ވިދާޅުވީ މުޅި ޣައްޒާ އަކީ ހަމާސް ކަމަށާއި -- ހަމާސް ދުނިޔެއިން ނައްތާލާއިރު އޮންނާނީ ފަލަސްތީންގެ ނަސްލުވެސް ނެތިފައި ކަމަށެވެ.

ހަމާސް ނައްތާލުމަކީ އިޒުރޭލަށް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ލަވްރޯފް އިތުރަށް ވިދާޅުވީ ހަމާސް ނައްތާލުމަކި ވާނެ ކަމެއް ކަމަށް މުޅި ހުޅަނގަށް ވެސް ގަބޫލު ނުކުރެވޭ ކަމަށެވެ.