ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ޗައިނާ އިން 12 އެމްބިއުލާންސް ހަދިޔާކޮށްފި

ޗައިނާ އިން 12 އެމްބިއުލާންސް ހަދިޔާކުރުމަށްފަހު އެއްބަސްވުން ދައްކާލަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ޗައިނާ ސަރުކާރުން ހަދިޔާކޮށްފައިވާ 12 ގްރީން އެމްބިއުލާންސް ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީ ހިންގަމުން ގެންދާ ހ. ރޯޝަނީ ބިލްޑިންގައި މިއަދު މިކަމަށްޓަކައި އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ.

އެމްބަސީގެ ފަރާތުން ހަދިޔާކުރި ގްރީން އެމްބިއުލާންސްތައް ހެލްތު މިނިސްޓްރީއާ ހަވާލުކުރުމުގެ ސެޓްފިކެޓުގައި ސޮއިކުރުންވެސް މިރަސްމިއްޔާތުގައި އޮތެވެ.

ޗައިނާ އިން ހަދިޔާކުރި 12 އެމްބިއުލާންސް -- ފޮޓޯ: ރައީސް އޮފީސް

ހެލްތު މިނިސްޓްރީން ބުނީ ޗައިނާ އިން ހަދިރާކުރި އެމްބިއުލާންސްތަކާއެކު، ކާރިސާ ވަގުތުތަކުގައާއި، އެމެޖެންސީ އަދި އެކްސިޑެންޓް ތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްހީ ކުއްލިފަރުވާ، ރަށްތަކުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި ބޮޑެތި ޕެރަމެޑިކް އެމްބިއުލާންސްތައް ދުއްވުމަށް ދަތިވާ ކުދި ރަށްތަކުގައި ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށްވެސް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.

ޗައިނާ އިން މިއަދު ހަދިޔާކުރި ގްރީން އެމްބިއުލާންސަކީ އާންމު ގޮތެއްގައި ރާއްޖޭގެ ރިސޯޓްތަކުގައި ގެންގުޅޭ ބަގީ ފަދަ ގޮތަކަށް ޑިޒައިން ކުރެވިފައިވާ އުޅަނދެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910