އެސްޓީއޯ އިން ރާއްޖެއަށް ޓްރިސްޓަ ބްރޭންޑްގެ ޕްރޮޑަކްޓްސް ތައާރަފްކޮށްފި އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އޮތް ރަސްމިއްޔާތެއްގައި ޓްރިސްޓަ ބްރޭންޑް ރާއްޖޭގެ މާކެޓަށް ނެރެ އިފްތިތާހް ކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ޝިމާދު އިބްރާހިމާއި އެސްޓީއޯ މެޑިކަލް ސާވިސަސްގެ ޖެނެރަލް މެނޭޖަ އަހްމަދު ނިއުޝާދު އެވެ.
އެމެރިކާގެ އުފެއްދުމެއް ކަމަށްވާ ޓްރިސްޓަ ބްރޭންޑަކީ ހޮސްޕިޓަލްތަކާއި ކުލިނިކްތަކަށް އަދި ގޭގައި އަމިއްލައަށްވެސް ބޭނުންކޮށްލެވޭނެ، ސިއްހީ ކަންކަން މޮނިޓާ ކުރާ ވަސީލަތްތައް ހިމެނޭ ބްރޭންޑެކެވެ.
އެސްޓީއޯ އިން ރާއްޖެއަށް ތައާރަފްކުރި ވަސީލަތްތަކުގެ ތެރޭގައި ލޭގެ ޕްރެޝަރާއި، އޮކްސިޖަން، ހަކުރު ބަލި ހުރި ގޮތާއި މިންވަރު ދެނެގަންނާނެ އާލާތްތަކާއި ނޭވާލުމުގެ ނިޒާމުގެ މައްސަލަ ހުންނަ މީހުންނަށް ބޭނުން ކުރެވޭނެ ބައެއް އާލާތްތައްވެސް ހިމެނެ އެވެ. ހޯމް ކެއާ އަދި ޒީނަތްތެރިވުމަށް ބޭނުންކުރާ ތަފާތު ވަސީލަތްތައްވެސް ތައާރަފްކޮށްފައިވެ އެވެ.
އެސްޓީއޯ އިން ބުނީ މިވަގުތު ޓްރިސްޓަ ބްރޭންޑްގެ ވަސީލަތްތައް ލިބޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި މާލެ ސަރަހައްދުގައި ހުންނަ އެސްޓީއޯގެ ފާމަސީތަކުން ކަމަށެވެ. އެކަމަކު ވަރަށް އަވަހަށް އަތޮޅު ތެރޭގެ އެސްޓީއޯ ފާމަސީ ތަކުން މިބްރޭންޑްގެ ވަސީލަތްތައް ލިބޭނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.