ދިރާގު

ދިރާގުން ރޯދަ މަހަށް ހާއްސަ މުޅިން އާ އޮފާތަކެއް ތައާރަފްކޮށްފި

ދިރާގުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ލިބޭ އިނާމުތަކާ އެކު ހާއްސަ ޕްރޮމޯޝަންތަކެއް އިއުލާނުކޮށްފި އެވެ.

އެގޮތުން މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނިން ވަނީ މި އޮފަތަކާއި އެ ކުންފުނީގެ ރަމަޟާން މަހުގެ ހާއްސަ ހަރަކާތްތައް ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ.

ރަމަޟާން މަހުގެ ޕްރޮމޯޝަންގެ ދަށުން ދިރާގުން ވަނީ ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ބޭނުންކުރެވޭ ހިތްގައިމު ފަސް އޮފައެއް ތައާރަފްކޮށްފަ އެވެ. އެއީ:

1
 

ރޯދަ ބޯނަސް

25 ރުފިޔާއަށް ވުރެ މަތިން ދިރާގު އެޕްއިން ކުރާ ކޮންމެ މުއާމަލާތަކަށްފަހު ހާއްސަ ގޭމެއް ކުޅެގެން ކަސްޓަމަރުންނަށް ހިލޭ ބޯނަސް ޑޭޓާ ލިބޭނެއެވެ. ޕްރީޕެއިޑް ރީޗާޖު، އެޑްއޮންސް އަދި ބޫސްޓަރ ގަންނަ ފަރާތްތަކަށް މި ގޭމު ކުޅެވޭނެއެވެ. އަދި ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު އެއް ފަހަރު ބޯނަސް ޑޭޓާ ހޯދޭނެއެވެ.

2
 

ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ޑޭޓާ ބޫސްޓަ

ދިރާގު ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުން ނަގާ ހާއްސަ ބޫސްޓަތަކަކާ އެކު ހަމަ އެއް އަގެއްގައި އިތުރު ޑޭޓާ ލިބިގެންދާނެ އެވެ. މީގެ އިތުރުން ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަ ދެ ޑޭޓާ ބޫސްޓައެއް - 100ޖީބީ 100 ރުފިޔާއަށް އަދި 400ޖީބީ 300 ރުފިޔާއަށް – ނެގޭނެ އެވެ.

3
 

ޝެއަ ޔޯ ހެޕިނެސް

ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް 'ސްކްރެޗް އެންޑް ވިން'ގެ ގޮތުގައި ހިލޭ މިނީ ޑޭޓާ ޕްރައިޒް ލިބޭނެ އެވެ. އަދި އެ އިނާމު ދިރާގު ނެޓްވާކްގައި ތިބި އެފަރާތްތަކުގެ ރަހުމަތްތެރިންނާއި އާއިލާއަށް ހަދިޔާކުރެވޭނެ އެވެ.

4
 

ހިތްތައް ހޯދައިގެން އިނާމު

ކަސްޓަމަރުންނަށް ދިރާގު އެޕްއިން ހިތްތަކެއް ހޯދައިގެން ހާއްސަ އިނާމުތަކެއް ރިޑީމް ކުރެވޭނެ އެވެ. ހޯދާ ކޮންމެ ހިތަކަށްވެސް ވަކި އަދަދެއްގެ ޕޮއިންޓް ލިބިގެންދާނެ އެވެ. އަދި ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު އެއްފަހަރު ހިތެއް ހޯދޭނެ އެވެ.

5
 

ދިރާގު އީޒޯން ސަޕްރައިޒް

ދިރާގު އެޕްގައިވާ އީޒޯން ބެނައަށް ފިއްތާލައިގެން ކަސްޓަމަރުންނަށް ޝެމަރޫ، ހާޑީ ގޭމްސް، ޑޮކިއުބޭ އަދި ގްރޭންޑް ސްލޭމް ގޭމިން ފަދަ މުނިފޫހިފިލުވުމުގެ އެކި ޕްލެޓްފޯމްތަކުން ހިލޭ ސަބްސްކްރިޕްޝަން ލިބޭނެ އެވެ. ސަބްސްކްރިޕްޝަން ލިބޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ހިލޭ ބޭނުންކުރެވޭނެ އެވެ.

ދިރާގު އެލީޓް ކްލަބް މެމްބަރުންނަށް ރަމަޟާން މަހަށް ހާއްސަ އޮފަތަކެއް އެކި ޕާޓްނަ އައުޓްލެޓްތަކުން ލިބޭނެ ގޮތްވެސް ވަނީ ހަމަޖައްސާފަ އެވެ. މި އޮފަތަކާ ބެހޭ އިތުރު ތަފްސީލް ދިރާގު އެޕް މެދުވެރިކޮށް މިހާރު ލިބޭނެ އެވެ.

މިއަހަރުގެ ދިރާގު ރަމަޟާން މަހުގެ ކެމްޕޭން ޝިއާރަކީ 'ހެޔޮ ހިތުން' އެވެ. އަދި މި ކެމްޕޭން ބިނާވެފައިވަނީ ރޯދަ މަހު އެކަކު އަނެކަކަށް އޯގާތެރިވެ، ހިތްހެޔޮ އަމަލުތައް ކުރުމުގެ މައްޗަށެވެ. އެގޮތުން މި ޝިޔާރާ ގުޅިގެން ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ވަނީ މަމްސް އެއިޑް އެންޖީއޯގެ 'ރަމަޟާން އެއިޑް' ކެމްޕޭންގެ ޕާޓްނަރަކަށްވެ، އެހީތެރިކަން ބޭނުންވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި މިޝަން ފޯ މައިގްރަންޓް ވާކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް)އާ ގުޅިގެން މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަ އިފްތާރު ޕެކްތަކެއްވެސް ދިރާގުން ފޯރުކޮށްދޭނެ އެވެ.

މީގެ އިތުރުން ދިރާގުން މިފަހަރުވެސް އެ ކުންފުނިން ރަމަޟާން މަހަށް ހާއްސަކޮށްގެން ގެންދާ ހަރަކާތްތައް ކަމަށްވާ ތަށިބަރި މޫވްމަންޓާއި ދިރާގު ގުޑިފެސްޓް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ދިރާގުޕޭ އެޕް އަދި ވެމް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ އެވެ.

ދިރާގުން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ގުޅުވައިގެން ދަނީ ކަސްޓަމަރުންނަށް ހާއްސަ އާ އޮފާތައް ގެނެސްދެމުންނެވެ.