އުމްރާ ދަތުރު

އުމްރާއަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ

Apr 7, 2024

އުމްރާއަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.

އުމްރާއަށް ގޮސް އުޅެނިކޮށް ނިޔާވީ ގދ. ނަޑެއްލާ، މޫނިމާގެ، އައިޝަތު އިބްރާހީމް (74އ) އެވެ. އޭނާ ނިޔާވީ ރޭ މެންދަމު 3:55 ހާއިރު އެވެ.

އައިޝަތު ނިޔާވީ އާއިލާގެ ބައެއް މެންބަރުންނާއެކު ރައުލާ ލިލްހައްޖި ވަލް އުމްރާ ގުރޫޕާއެކު އުމްރާއަށް ގޮސް އުޅެނިކޮށެވެ.

އެ ގްރޫޕުން ބުނި ގޮތުގައި އައިޝަތު އިބްރާހީމް ނިޔާވީ ސްޓްރޯކެއް ޖެހި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތާ ތިން ދުވަސް ފަހުންނެވެ.

އައިޝަތުގެ ކަށުނަމާދުގެ ކަންކަން މިހާރު ދަނީ ހަމަޖައްސަމުންނެވެ.