ދުނިޔެ

އީރާނުން ޑްރޯނާއި މިސައިލުން އިޒުރޭލަށް ހަމަލާދެނީ

އީރާނުން ޑްރޯން ހަމަލާތަކެއް އިޒުރޭލަށް -- އިޒުރޭލަށް ހަމަލާދޭން ފެށިކަން އީރާނުން ވަނީ ރަސްމީކޮށް އިއުލާންކޮށްފައި
0%
0%
0%

އީރާނުން އަސްކަރީ ޑްރޯން ހަމަލާތަކެއް އިޒުރޭލަށް އަމާޒުކޮށް ފޮނުވައިފި އެވެ. މިއީ އީރާންގެ ފަސްގަނޑުން އިޒުރޭލަށް ހަމަލާ ނުދިނުމަށް ޒަޔަނިސްޓް ދައުލަތުން ގޮވާލާފައި އޮއްވައި އީރާނުން ދޭންފެށި ހަމަލާތަކެވެ.

ރިޕޯތްތައް ބުނާ ގޮތުން ޑްރޯންގެ އިތުރުން ބެލިސްޓިކް މިސައިލްތަކެއް ވެސް ވަނީ އީޒުރޭލުގެ އާބާދީތަކަށް -- ޒަޔަނިސްޓުން ފޭރިގެންފައި އޮތް އަރަބިންގެ ބިންތަކަށް އަމާޒުކޮށް އީރާނުން ފޮނުވާފަ އެވެ.

އީރާންގެ މި ހަމަލާތަކަކީ ސީރިއާގެ ވެރިރަށް ދިމިޝްގްގައި ހުންނަ އީރާންގެ އެމްބަސީ އިމާރާތަށް އިޒުރޭލުން ދިން ހަމަލާތަކަށް ބަދަލުހިފުމަށް ދިން ހަމަލާތަކެކެވެ.

އީރާންގެ މި ހަމަލާތަކާ ގުޅިގެން އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތުން ވަނީ އިޒުރޭލަށް އެހީވުމަށް ނިކުމެފަ އެވެ.

އީރާންގެ އެއްވެސް ހަމަލާއެއް އިޒުރޭލަށް ފޯރުމުގެ ކުރިން ވައްޓާލާނެ ކަމަށް އެމެރިކާ ވެސް އޮތީ ބުނެފަ އެވެ.

އީރާނުން އިޒުރޭލަށް ހަމަލާދޭން ފެށުމުން އެ ގައުމުގެ ރައްޔިތުން މަގުތަކުގައި އުފާފާޅުކުރަނީ

އީރާންގެ ފަސްގަނޑުން ފޮނުވާ ހަމަލާތައް އިޒުރޭލަށް ފޯރުމަށް ހަ ގަޑިއިރު ނުވަތަ ހަތް ގަޑިއިރު ނަގަ އެވެ. އީރާންގެ ހަމަލާތައް ދަތުރުކުރަން ޖެހެނީ އީރާގުގެ މަތިން އަދި ބައެއް ފަހަރު އުރުދުންގެ ވައިގެ ސަރަހައްދުންނެވެ.

ހަނގުރާމައިގެ ހާލަތްތަކުގައި ގައުމަކަށް ހަމަލާދިނުމަށް އެހެން ގައުމެއްގެ ވައިގެ ސަރަހައްދު ބޭނުންކުރުމަކީ ކުށެކެވެ. އަދި ހަނގުރާމާއާ ގުޅުމެއް ނެތް ގައުމެއްގެ ވައިގެ ސަރަހައްދުން ދަތުރުކުރާ މިސައިލްތައް ވައްޓާލުމުގެ ހައްގު އެ ގައުމަކަށް އޮވެ އެވެ.

އެނޫން ގޮތެއްގައި ހަމަލާތައް ދަތުރުކުރަން ވައިގެ ސަރަހައްދު ދޫކޮށްލާފައި އޮތުމަކީ ހަނގުރާމާގައި ބައިވެރިވެ އެއްބާރުލުން ދިނުން ކަމަށް ނިންމަ އެވެ.

އީރާންގެ ހަމަލާތައް އިޒުރޭލުގެ އަވަށްތަކަށް އަމާޒުކޮށްފައި ހުރި ނަމަވެސް، އެއިން ހަމަލާއަކުން އިޒުރޭލަށް އަދި ގެއްލުމެއް ލިބުނު ކަމެއް ކަށަވަރެއް ނުވެ އެވެ.

އީރާނުން ދިން ހަމަލާއަކުން އިޒުރޭލުގެ އަސްކަރީ މަރުކަޒަކަށް ގެއްލުންވެއްޖެ ކަމަށް އީރާންގެ އޮފިޝާލުން ވަނީ ބުނެފަ އެވެ.

އީރާނުން ދޭންފެށި ހަމަލަތަކާ ބެހޭ ގޮތުން އިޒުރޭލުގެ ހަނގުރާމައަށް ޚާއްސަ ކެބިނެޓް ބައްދަލުކުރަނީ

އިޒުރޭލަށް ފޮރާފާނެ ހަމަލާއަކުން ރައްކަތެރިވުމަށް އިޒުރޭލުގެ އެތަން އުތުރާއި ދެކުނުގައި މިސައިލުން ރައްކާތެރިވާ ނިޒާމުތައް -- އަޔަން ޑޯމްތައް ވަނީ ބަހައްޓާފަ އެވެ. އަދި އާންމުން ރައްކާތެރިވުމަށް ޚާއްސަ ހިޔާވަހިތައް ހުޅުވައި ވަނީ ތައްޔާޜުކޮށްފަ އެވެ.

އީރާނުން ކޮންމެ ފަދަ ހަމަލާއެއް ދިން ނަމަވެސް، ޒަޔަނިސްޓުން ރައްކާތެރިކުރަން އެމެރިކާ އޮތީ ތައްޔާރަށެވެ.

އެމެރިކާގެ ރައީސް ޖީ ބައިޑަން ވިދާޅުވި ގޮތުގައި ދެއަތް ތަންމިނަށް ދަމާލައި މުޅި ގައުމު އޮތީ އިޒުރޭލާ އެކު އެވެ. ޒަޔަނިސްޓުން ހިމާޔަތްކުރެއްވުމަށް ހޭދަކުރެއްވުމުގައި ވަކި މިންވަރެއް ކަނޑަނާޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910