ހަބަރު

ޓެކްސް ނުދައްކާ ދެ ފަރާތެއް މީރާއަށް ފައިސާ ދައްކަން ހުކުމް ކޮށްފި

Jan 27, 2015

މީރާއިނމް ބުނީ ގްލޯބަލް ކްރައުން ޕްރައިވެޓް ލިމިޓެޑުން އޮޕަރޭޓްކުރަމުންދާ "ޕްރިންސަސް ދޮންކަމަނަ" ސަފާރީ އިން ދައުލަތަށް ނުދައްކާހުރި ބެޑް ޓެކްސް އާއި ސުންގަޑިއަށް ބެޑް ޓެކްސް ދައްކައި ބެޑް ޓެކްސް ޝީޓް ހުށަހަޅާފައި ނުވުމުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާއާއި، އިބްނިއްތާސިއު މުސްޠަފާ (ހަވީރީ އުފާ، ގދ. ފިޔޯރީ) ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީއާއި ސުންގަޑިއަށް ޖީއެސްޓީ ނުދެއްކުމުން ކޮށްފައިވާ ޖޫރިމަނާ މީރާއަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.

ގްލޯބަލް ކްރައުން ޕްރައިވެޓް ލިމިޓެޑުން ބެޑް ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ 2,072 ޑޮލަރާއި  ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 65,000ރ. 25 ޖަނަވަރީ 2015 އިން ފެށިގެން ހަތަރު މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރަން ހުކުމް ކުރި އިރު  އެ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި "ޕްރިންސަސް ދޮންކަމަނަ" ސަފާރީގެ ނޮވެންބަރު 2013 ގެ ބެޑް ޓެކްސް ޝީޓް ހުށަހެޅުމަށް ވެސް ހުކުމުގައި ވެއެވެ.

އިބްނިއްތާސިއު މުސްޠަފާއާ ދެކޮޅަށް މީރާއިން އުފުލި ދައުވާގެ މައްޗަށް އިއްވި ހުކުމުގައި، އިބްނިއްތާސިއު މުސްތަފާ ޖީއެސްޓީ ގެ ގޮތުގައި ދައްކަން ޖެހޭ 70,125ރ. އާއި ކަނޑައެޅިފައިވާ ތާރީޚަށް ޖީއެސްޓީ ނުދެއްކުމުން 15 ނޮވެންބަރު 2014 އާ ހަމަޔަށް ޖޫރިމަނާ 74,973ރ. އާާއެކު ޖުމުލަ 145,098 ރ. 25 ޖަނަވަރީ 2015 އިން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރަން ހުކުމް ކޮށްފައިވެއެވެ.