އެޗްޑީސީއާ ގުޅޭ ހިޔާނާތުގެ ބޮޑު ތަހުގީގެއް ފަށާފައި ވަނިކޮށް އެ ކުންފުނީގެ ލެޕްޓޮޕްތަކެއް ވަގަށް ނަގައިފި އެވެ.
ފުލުހުން މިރޭ ބުނީ ފަސް ލެޕްޓޮޕް ގެއްލިފައިވަނީ ފަރުކޮޅުގައި ހުރި އެޗްޑީސީގެ ޕްރޮޖެކްޓް އޮފީހުން ކަމަށެވެ.
ލެޕްޓޮޕްތައް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހާ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
ހައްޔަރުކޮށްފައިވާ މީހާ ފުލުހުންނަށް އެއްބާރުލުން ދިން ނަމަވެސް ލެޕްޓޮޕްތައް އަދި ފެނިފައެއް ނުވެ އެވެ.
ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.