ވިޔަފާރި

ދިރާގު ސްމާޓް ފޯން ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ފޯނުދީފި

Mar 3, 2016

ދިރާގުން ކުރިއށް ގެންދިޔަ "ސްމާޓް ފޯން ގިވް އަވޭ، އެވްރީ ޑޭ" ޕްރޮމޯޝަންގެ ހަ ވަނަ ހަފްތާގެ ނަސީބުވެރި ފަރާތްތަކަށް ހިލޭ ސްމާޓް ފޯނު ދީފި އެވެ.

ދިރާގުން ވަނީ މި ޕްރޮމޯޝަންގެ ފަހު ހަފުތާގެ ނަސީބުވެރިންނަށް ފޯނު ހަވާލުކުރަން މިރޭ ކުލަގަދަ ރަސްމިއްޔާޔެއް ބާއްވާފަ އެވެ. މިއީ ދިރާގުން 2016 ވަނަ އަހަރުގެ ތަހުނިޔާ ކިއުމުގެ ގޮތުން އެކުންފުނީގެ ކަސްޓަމަރުންނަށް މިދިޔަ މަހު 11 ވަނަ ދުވަހު ފެށި ޕްރޮމޯޝަން ގައި ގުރުވަތުން ހޮވޭ ކޮންމެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ފޯނުތައް ލިބެ އެވެ. އެގޮތުން އެޕަލް އައިފޯން 6 އެސް އާއި އެޕަލް އައިފޯން 6 ޕްލަސް އަދި ސެމްސަންގް ގެލެކްސީ އެސް 6 އެޖް އާއި ސެމްސަންގް ގެލެކްސީ އެސް 6 އެޖް ޕްލަސްގެ ފޯނު ދިރާގުން ހިލޭ ދޫކުރެ އެވެ.

ޕްރޮމޯޝަންގެ ހަ ވަނަ ހަފްތާގައި ގުރުއަތުން ހޮވުނު ފަރާތްތަށް:

  • އަބޫބަކުރު އަބްދުލްކަރީމް، އަސަރީގެ، ފެންފުށި
  • އަލްމާން އަހުމަދު މަނަސް،ޏ. ފުވައްމުލަށް
  • އައްބާސް އަހުމަދު، މ. ހޮޓާދޮށުގެ
  • މުނައްވަރު އަބްދުﷲ ސީނިޔާ، ގދ. ދާންދޫ
  • އަބީދު ޒަކަރިއްޔާ، ހިތިގަސްދޮޅުގެ، ހދ. ކުޅުދުއްފުށި
  • އަލީ ރަޝީދު، ސޯސަންވިލާ، ހދ. ނޮޅިވަރަން
  • މުހައްމަދު އިބްރާހިމް، އޮއިވަރު،ހދ. ނޮޅިވަރަން
  • އައިނިމަތު މުނަފިއާ މުހައްމަދު، ފާލަންދޮށުގެ، ޅ. ހިންނަވަރު
  • އަހުމަދު މުހައްމަދު، މ. މިސްޓީ
  • މުހައްމަދު ވަލީދު ނަލަގެ، ށ. ފޯކައިދޫ
  • އަސްރާ އަބްފުލް ލަތީފް، ހ.ގޯޑެން ވިލެޖް
  • އައިމިނަތު ސުވޭދާ، މއ. ކެކުރި

މި ޕްރޮމޯޝަނަކީ ޕޯސްޓްޕެއިޑް ކަސްޓަމަރުނަށް ހާއްސަ ކުރެވިގެން ކުރިޔަށް ގެންދާ ޕްރޮމޯޝަނަކަށް ވީކަމުގައި ވީނަމަވެސް ދިރާގުން ބުނީ މިފަދަ އެހެނިހެން ހަރަކާތްތައް އެކުންފުނީގެ އެހެން ޕްރޮޑަކްޓުތަކާއި ހިދުމަތްތައް ބޭނުން ކުރާ ފަރާތްތަކަށް ވެސް މިއަހަރު ކުރިޔަށް ގެންދަވާނެ ކަމަށެވެ.