ހުޅުމާލޭގެ ވަލުގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.
އިރު އޮއްސުނު ވަގުތު އިރުމަތީ ފަރާތު ވަލުގައި ރޯވެ އަނދާން ފެށި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް އާންމުންނާއި ފުލުހުން ފަށާފައިވީ ނަމަވެސް އަލިފާންގަނޑު އަދި ކޮންޓްރޯލެއް ނުވެއެވެ. ނަމަވެސް އެމްއެންޑީއެފުން ވެސް ދަނީ އެ އަލިފާންގަނޑު ނިވައިލުމުގެ މަސައްކަތް ކުރަމުންނެވެ.