މޯލްޑިވްސް އިމިގްރޭޝަން

ވިސާގެ ހިދުމަތްތަކަށް "އޭންޓް ކިޔު" މެދުވެރިކޮށް ނަންބަރު ދޫކުރަނީ

ވަކް ވިސާގެ ހިދުމަތް ހޯދުމަށް "އޭންޓް ކިޔޫ" އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ދޫކުރަން ފަށައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަން އިން ބުނީ ވާކް ވިސާ ޖެހުމުން، ޕާސްޕޯޓާއި ހަވާލުވުމަށްޓަކައި އޭންޓް ކިޔޫ އެޕްލިކޭޝަން މެދުވެރިކޮށް މިއަދުން ފެށިގެން ނަންބަރު ނެގޭނެ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އޭންޓް ކިޔޫ އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ދޫކުރަން ފެށީ ރައްޔިތުންނަށް ވީހާވެސް ފަސޭހަ އަދި އަވަސް ހިދުމަތެއް ދިނުމަށް އެ އިދާރާ އިން ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

އޭންޓް ކިޔު ހިދުމަތް ކޮންމެ ތަނަކު ހުރެގެންވެސް ހޯދޭނެ އެވެ. އަދި ނަންބަރު ތަރުތީބު ވަގުތުން ބަލާލެވޭނެ އެވެ.

މިއެޕްލިކޭޝަން މެދުވެރިކޮށް ފަހެއް ނުވަތަ އެއަށްވުރެ މަދު ޕާސްޕޯޓާ ހަވާލުވާ ފަރާތްތަކުން ނަންބަރު ނަގަންޖެހޭނީ ހެނދުނު 9:00 އިން 10:30 އަށެވެ. މި ނަންބަރުތަކަށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަކަށެވެ. ހައެއް ނުވަތަ އެއަށްވުރެ ގިނަ ޕާސްޕޯޓާ ހަވާލުވާ ފަރާތްތަކުން ނަންބަރު ނަގަންޖެހެނީ ހެނދުނު 11:30 އިން މެންދުރު 12:30 އަށެވެ. މިފަދަ ނަންބަރުތަކަށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 1:15 އިން 3:00 އަށެވެ.