ހަބަރު

ޝައިހް އާސިމް ތަގްރީރު ކުރައްވައިފި

ދުނިޔޭގެ މަޝްހޫރު ދާއީ ޝައިހް އާސިމް އަލްހަކީމް އިސްލާމިކް މިނިސްޓްރީން ބާއްވަމުން ގެންދާ "ދަ މެސެޖް" ސިލްސިލާ ޕްރޮގްރާމްގައި މިރޭ ތަގުރީރު ކުރައްވައިފި އެވެ. އެޕްރޮގްރާމްގައި އާސިމް ތަގްރީރު ކުރެއްވީ "ތައުހީދު" މި މައުލޫގެ މައްޗަށެވެ.

މިރޭގެ ދަރުހުގައި ޝައިހް އާސިމް ވަނީ އިސްލާމްދީނުގެ ހުކުމްތަކަށް އަމަލުކުރުމާއި ދީނުގެ ގޮތްތައް އިހުތިޔާރުކުރުމުގައި ބުއްދީގެ ބޭނުންކުރުމަށް ގޮވާލައްވާފަ އެވެ. އަދި މާތް ﷲ ގެ ފަޟުލުވަންތަކަމާއި މެދު ވިސްނައި ފިކުރުކުރުމަށް ގޮވާލައްވާފަ އެެވެ.

ޝެއިހް އާސިމްގެ ދަރުހެއް އިސްލާމީ ޔުނިވާސިޓީން އިންތިޒާމްކޮށްގެން އަންނަ އާދިއްތަ ދުވަހުގެ ހަވީރު ވެސް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. "ބެލެންސް" މި މައުލޫއާ ގުޅުވައިގެން ބާއްވާ އެ ދަރުސް އޮންނާނީ އާދީއްތަ ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރު އެ ޔުނިވަސިޓީގެ ހޯލުގަ އެވެ.

އިސްލާމިކް ޔުނިވަސިޓީން ބުނީ، އާދީއްތަ ދުވަހުގެ ދަރުސް ހާއްސަކޮށްފައިވަނީ ރާއްޖޭގައި މަތީތައުލީމަށް ކިޔަވާ ހުރިހާ ދަރިވަރުންނަށާއި ސްކޫލް ދަރިވަރުންނަށް ކަމަށެވެ.