ހަބަރު

ވިލިމާލޭގެ ގެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

Jan 27, 2015

ވިލިމާލޭގެ ގެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ވިލިމާލޭގެ ގެއެއްގެ ތެރޭގައި މީހަކު ވެއްޓިފައި އޮތް ކަމަށް ހަވީރު 5:30 އެހާ ކަންހާއިރު ފުލުހަށް ރިޕޯޓް ކުރުމުން ފުލުހުން ގޮސް އެމީހާ ވިލިމާލޭ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި ނަމަވެސް އޭނާ ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. ވިލިމާލޭ، ހެވާ، ގައި ހަވީރު މަރުވެފައި އޮއްވާ ފެނުނީ 38 އަށް އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާގެ ވަނަވަރު ފުލުހުން އަދި ހާމައެއް ނުކުރެއެވެ. 

ވ. ހެވާ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ޢުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުންގެ ސީން އޮފް ކްރައިމް އޮފިސަރުންނާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ތަޙުޤީޤު ޓީމެއް އެ ގެއަށް ގޮސް، އެމީހާ އޮތް ތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ބައެއް އެއްޗިއްސާއި ސިރިންޖެއް ފެނިފައިވެއެވެ.