އެސްޓީއޯ

ސޮފްޓްވެއާ އަޕްގްރޭޑްކުރާތީ އެސްޓީއޯ ފާމަސީތަކުގެ ހިދުމަތް މެދުކެނޑެނީ

އެސްޓީއޯގެ ފާމަސީތަކުގެ ހިދުމަތް މާދަމާ މެދުކެނޑޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނިން ކަސްޓަމަރުންނަށް ދޭ ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި މިހާރު ބޭނުންކުރަމުންދާ ސޮފްޓްވެއާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ މާދަމާ އެ ކުންފުނީގެ ފާމަސީތަކުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށެވެ.

ނަމަވެސް އެމަޖެންސީ ހާލަތްތަކުގައި ބޭސް ދޫކުރެވޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭސް ވިއްކާ ކުންފުންޏެވެ. އެސްޓީއޯ ފާމަސީ އުފެއްދީ 1983 ވަނަ އަހަރު އެވެ.

އެސްޓީއޯ އިން ރާއްޖޭގެ އެކި ރަށްރަށުގައި 190 އަށްވުރެ ގިނަ ފާމަސީ ދަނީ ހިންގަމުންނެވެ.