އެމްއެމްއޭ

ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ އިތުރުވެއްޖެ

ވީއައިއޭގައި ޖެޓް ފިއުލް ރައްކާކުރާ ސްޓޯރޭޖްތަކުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އަވަސް
0%
0%
0%

ޖެޓް ފިއުލް ވިއްކައިގެން މި އަހަރު ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި މިއަހަރުގެ މޭ މަހުގެ އިކޮނޮމިކް އަޕްޑޭޓްގައިވާ ގޮތުން މި އަހަރުގެ އެޕްރީލްގެ ނިޔަލަށް ޖެޓް ފިއުލް ރި-އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ.

ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ އިތުރުވެފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ފްލައިޓް މޫވްމެންޓްގެ އަދަދު ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާއި އަޅާބަލާއިރު މި އަހަރުގެ މި މުއްދަތުގައި އިތުރުވެފަ އެވެ.

ވީއައިއޭގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގެ އަދަދު މި އަހަރުގެ އެޕްރީލްގެ ނިޔަލަށް ހުރީ 5،982 ގަ އެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 5،841 ގަ އެވެ.

ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.

ވީއައިއޭގެ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ނިންމާ މި އަހަރުގެ ސެޕްޓެމްބަރަށް ހުޅުވުމަށް މަސައްކަތްކުރަމުންދާއިރު އާ ޓާމިނަލް ހުޅުވުމުން އިތުރު ފަތުރުވެރިންނަށް ހިދުމަތް ދެވި ރާއްޖެއަށް ދަތުރުކުރާ އިންޓަނޭޝަނަލް ފްލައިޓްތަކުގެ އަދަދު އިތުރުވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910