އެމްއެމްއޭ

ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ އިތުރުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފްލައިޓްތަކެއް -- ފޮޓޯ: އަވަސް
0%
0%
0%

ޖެޓް ފިއުލް ވިއްކައިގެން މިދިޔަ އަހަރު ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 222 މިލިއަން ޑޮލަރުގެ ޖެޓް ފިއުލް ވަނީ ރި-އެކްސްޕޯޓްކޮށްފަ އެވެ.

މިއީ 2023 ވަނަ އަހަރު ރި-އެކްސްޕޯޓްކުރި 196 މިލިއަން ޑޮލަރުގެ ޖެޓް-ފިއުލްއާ އަޅާބަލާއިރު 13 ޕަސެންޓް އިތުރުވުމެކެވެ.

ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ އިތުރުވެފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ފްލައިޓް މޫވްމެންޓްގެ އަދަދުވެސް ވަނީ 2023 އާ އަޅާބަލާއިރު މިދިޔަ އަހަރު ހަ ޕަސެންޓް އިތުރުވެފަ އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވީއައިއޭގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގެ އަދަދު މިދިޔަ އަހަރު ހުރީ 16،830 ގަ އެވެ.

މީގެ ތެރެއިން 15،432 ފްލައިޓް މޫވްމެންޓަކީ ޝެޑިއުލް ފްލައިޓްތަކުގެ ދަތުރުތަކެވެ. އަދި 1،398 މޫވްމެންޓަކީ ޗާޓަރު ފްލައިޓްތަކާއި ޕްރައިވެޓް ފްލައިޓްތަކުގެ ދަތުރުތަކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345