އަހުމަދު ނިހާން ހުސައިން މަނިކު

މަޖިލިސް ބިއުރޯގެ ވެރިޔަކަށް ނިހާން

އަހްމަދު ނިހާން ހުސައިން މަނިކު -- ފޮޓޯ: އަވަސް
0%
0%
0%

ރައްޔިތުންގެ މަޖިލިސް އިދާރާގެ ބިއުރޯ ޗީފަކަށް މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު އަދި ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕްގެ ކުރީގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު އައްޔަންކޮށްފި އެވެ.

މަޖިލިސް ބިއުރޯ ޗީފަކަށް ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހުންނެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކޮއްކޮ ފާތިމަތު މުހައްމަދު ސޯލިހް އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އެ އިދާރާގެ ބިއުރޯ ޗީފަކަށް ނިހާން އައްޔަންކުރެއްވީ މަޖިލީހުގެ ރައީސް އަބްދުﷲ އަބްދުއްރަހީމް ކަމަށެވެ.

ނިހާން އައްޔަނުކުރައްވާފައިވަނީ ޕާލިމެންޓަރީ ސާވިސް ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅަށް އެހީތެރިވުމުގެ ގޮތުން ކަމަށްވެސް ބުންޏެވެ.

މަގާމަށް އައްޔަންކުރެއްވުމާ އެކު އިއްޔެގެ ވަގުތެއްގައި ނިހާން ވަނީ މަސައްކަތަށް ނިކުންނަވަން ފައްޓަވާފަ އެވެ.

ގާނޫނީ ދާއިރާ އިން ޑިގްރީ ހާސިލްކުރައްވާފައިވާ ނިހާން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން 10 އަހަރު ކުރައްވާފަ އެވެ.

ނިހާން އެންމެ ފަހުން މަސައްކަތް ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރެއްގެ ގޮތުގަ އެވެ. އަދި އޭނާއަކީ އެ ޕާޓީގެ ނައިބް ލީޑަރެއްގެ ގޮތުގައިވެސް ހުންނެވި ބޭފުޅެކެވެ.

މަޖިލިސް އިދާރާގެ ބިއުރޯގެ ޗީފަކަށް ނިހާން އައްޔަންކުރެއްވިއިރު ދައުލަތުން އޭނާގެ މައްޗަށް ހަ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި، ރިޝްވަތު ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެކެވެ. މި ހަ ދައުވާއަށް ވެސް އޭނާ ވަނީ އިންކާރުކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910