އަބްދުއްރަހީމް އަބްދުﷲ

ރައްޔިތުންގެ ދިރިއުޅުން އުޖާލާކުރަން މަޖިލީހުގެ ދައުރު މުހިއްމު: އަބްދުއްރަހީމް

0%
0%
0%

ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ ދިރިއުޅުން އުޖާލާކުރުމަށް ކުރުމަށް ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކަށް މުހިއްމު ދައުރެއް އަދާކުރެވޭނެތީ އެ މަސައްކަތް ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފި އެވެ.

އަބްދުއްރަހީމް މިކަމަށް ގޮވާލެއްވީ އުޒްބަކިސްތާނުގެ ތަޝްކެންޓުގައި ކުރިއަށްދާ އިންޓަ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ 150 ވަނަ އެސެމްބްލީގައި ތަގުރީރުކުރައްވަމުންނެވެ.

އައިޕީޔޫގެ މިއަހަރުގެ މި އެސެމްބްލީގެ މައުލޫއަކީ "އިޖުތިމާއީ ތަރައްގީއާއި އިންސާފަށް ގާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު" އެވެ.

އިނގިރޭސި ބަހުން ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ކަންކަމުގެ ތެރެއިން މަޖިލީހުން ހަދާ ގާނޫނުތަކުގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުން މަޖިލިސްތަކަށް ރަނގަޅު ކުރެވޭނެ ކަމަށެވެ. އެގޮތުން ރާއްޖޭގައި ރައްޔިތުންނަށް ފަހި ގޮތްތައް ހޯދައިދިނުމަށާއި އިޖުތިމާއީ އިންސާފު ކުރިއެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބައެއް ގާނޫނުތައް ފާހަގަކުރެއްވި އެވެ. މަޖިލީހުގެ ކޮމިޓީތަކުން އެފަދަ ގާނޫނުތައް ތަންފީޒު ކުރަމުންދާ ގޮތް ބަލަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޒަކާތުގެ ނިޒާމު ހަރުދަނާކޮށްގެން ފަގީރުކަން ކުޑަކުރުމަށާއި ޒަރޫރީ ހިދުމަތްތައް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހާއްސަ އަހަންމިއްޔަތު ކަމެއް ދީގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި ޒުވާނުންނާއި އަންހެނުން ކުރަން ބޭނުންވާ މަސައްކަތްތަކަށް ހިލޭ އެހީއާއި ލޯނާއި ތަމްރީން ދިނުމުގެ މަސައްކަތްތައް ރާއްޖޭގައި ހިނގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ދުނިޔެ މިއަދު ބަދަލުވަމުން ދަނީ ޑިޖިޓަލް ޓެކްނޮލޮޖީއަށް ކަމަށްވާތީ އައިސީޓީ، ޑިޖިޓަލް އިންކްލޫޝަން އަދި އީ-ގަވާނަންސް ހަރުދަނާކުރުމަށް ރާއްޖެއިން ހާއްސަ އިސްކަމެއް ދީގެން މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ހުރި ގޮންޖެހުންތަކާއި ނުރައްކަލާ ގުޅޭގޮތުންވެސް އަބްދުއްރަހީމް ވަނީ ވާހަަކަދައްކަވާފަ އެވެ. ތިމާވެށީގެ މައްސަލަތަކާ ގުޅިގެން ރާއްޖެ ފަދަ ޖަޒީރާ ގައުމުތައް ނުރައްކަލަށް ހުށަހެޅިފައިވާތީ ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށް އައިޕީޔޫގެ މެމްބަރު ގައުމުތަކަށް އަބްދުއްރަހީމް ގޮވާލެއްވި އެވެ.

"މޫސުމަށް އަންނަ ބަދަލަކީ ރާއްޖެއަށް ދިމާވެފައިވާ އަދި ދިމާވަމުންދާ ބޮޑު ނުރައްކަލެއް. އަޅުގަނޑު ދެކޭ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން އޮންނަ އެއްބާރުލުމަކީ މި މައްސަލައަށް ހައްލު ގެނައުމަށް އޮތް އެންމެ ބޮޑު ބާރު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ފަލަސްތީންގެ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުމާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރި ދަތި ހާލަތާ މެދު ރާއްޖޭގެ ކަންބޮޑުވާކަން ހާމަކުރައްވަމުންނެވެ.

"އެ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާފު ގާއިމުކުރުމަށް ބައިނަލްއަގްވާމީ ގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910