މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޮޑްކޮމްގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން -- ބްރޯޑްކޮމް އިން ދޭ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިިފި އެވެ.

ބްރޯޑްކޮމް އިން މިފަދަ އެވޯޑެއް ދިނުމުގެ ބޭނުމަކީ ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ޑިމޮކްރަސީ އާލާކޮށް ދެމެހެއްޓުމާއި، ގައުމު ބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ.

މި އެވޯޑަކީ ބްރޯޑްކާސްޓިން ސިނާޔަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނާއި މި ސިނާއަތުގެ ތަރައްގީއަށް މަގުފަހިކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެއް ކަމަށް ބްރޯޑްކޮމް އިން ބުނެ އެވެ.

އެވޯޑު ދެނީ ތިން ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެއީ ޕްރޮޑަކްޝާން އެވޯޑާއި އިންޑިވިޖުއަލް އެވޯޑާއި އިންޑަސްޓްރީ އެވޯޑެވެ.

އިނާމު ދިނުމަށް ހަމަޖެހިފައިވާ ދައިރާތަކުގެ ޝަރުތުތަކާއި ތަފްސީލް އަދި އެޕްލިކޭޝަން ފޯމު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ވެބްސައިޓުނއ ލިބޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

މި އެވޯޑަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.