އުރީދޫ

އުރީދޫގެ ފުޓުބޯޅަ ފޯރި ކެމްޕޭން ލޯންޗްކޮށްފި

ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތާ ދިމާކޮށް އުރީދޫ މޯލްޑިވްސް އިން ރާވާފައިވާ ހާއްސަ ހަރަކާތްތައް އިއުލާންކޮށްފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ އެ ކުންފުނީގެ ހާއްސަ ޕްރޮމޯޝަންތަކާއި މުބާރާތްތަކާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް ކުރިއަށް އޮތް ފުޓްބޯޅަ އީދަކީވެސް އުފާވެރި މަޖާ ސީޒަނަކަށް ވާނެ ކަމަށެވެ.

1. ސޮނީ ލިވް ޕެކްސް

ޔޫރޯއަށް ހާއްސަ ސޮނީ ލިވް ޕެކްތަކެއް އުރީދޫއިން މިވަނީ ތައާރަފުކޮށްފަ އެވެ. މީގެން އެއް ޕެކްގައި ސޮނީ ލިވްގެ މެމްބަޝިޕާއި 30 ދުވަހުގެ ވެލިޑިޓީއާއެކު 250 ރުފިޔާއަށް 100 ޖީބީ ހިލޭ ޑޭޓާ ހިމެނެ އެވެ.

މި ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑޭޓާ ލިމިޓާ މެދު ކަންބޮޑުވުމެއް ނެތި ޔޫރޯގެ ހުރިހާ މެޗެއް ލައިވްކޮށް ސްޓްރީމް ކުރެވެ އެވެ. މި ޕެކާއި އެކު ކޮންމެ ތަނެއްގައި ހުރެގެންވެސް މެޗް ބެލެ އެވެ.

މީގެ އިތުރުން ކަސްޓަމަރުންނަށް ހާއްސަ ސޮނީ ލިވްގެ އެކި އެޑް-އޮންތަކަށް ސަބްސްކްރައިބްކޮށް، މެދުނުކެނޑި ޔޫރޯގެ ފޯރީގައި ބައިވެރިވެވެ އެވެ.

2. އުރީދޫ ސުޕަ އެޕުން ފުޓުބޯޅަ ފޯރި

1
 

ސްޕިން ދަ ވީލް

އުރީދޫގެ ސުޕަ އެޕްގައި ޔޫރޯއަށް ހާއްސަކޮށް ސްޕިން ދަ ވީލްގައި އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. ކޮންމެ ކަސްޓަމަރަކަށްވެސް ކޮންމެ ދުވަހަކު އެއް ސްޕިން ލިބޭނެ އެވެ. އަދި އުރީދޫ އެޕް މެދުވެރޮކޮށް ޕެކް އެކްޓިވޭޓް ކޮށްގެން އަދި އިތުރު ޓްރާންސެކްޝަންތައް ކޮށްގެން ސްޕިން ދަ ވީލް އަށް އިތުރު ޓިކެޓް ލިބޭނެ އެވެ.

ކަސްޓަމަރުންނަށް ދޭ އިނާމުތަކުގެ ތެރޭގައި މޫލީ ކޫޕަން، ޑޭޓާ ޕެކް، އެމް-ފައިސާ ކޭޝް-އިން ފަދަ ތަކެތި ހިމެނެ އެވެ.

2
 

ގެސް ދަ ސްކޯ

އުރީދޫ ސުޕަ އެޕް މެދުވެރިކޮށް "ގޭސް ދަ ސްކޯ" މުބާރާތެއްވެސް ކުރިއަށްދާނެ އެވެ. ކޮންމެ މެޗެއްގައިވެސް ވަކި ވަގުތެއްގެ ކުރިން މެޗުގެ ސްކޯ ދިމާކުރުމުގެ ފުރުސަތު ހުޅުވާލާނެ އެވެ. އަދި ބައިވެރިވާ ފަރާތްތަކަށް އެކި އިނާމުތައް ވަނީ ހުށަހަޅާފަ އެވެ. މިގޮތުން ގްރޭންޑް ޕްރައިޒް ލިބޭ ފަރާތްތަކަށް ޕްލޭސްޓޭޝަން ކިޓެއް ލިބޭނެ އެވެ. މީގެތެރޭގައި ޕްލޭސްޓޭޝަން 5 ކޮންސޯލް ޑިސްކް ވާޝަން، ޕްލޭސްޓޭޝަން ޕޯޓަލް ރިމޯޓް ޕްލޭޔާ، ޕްލޭސްޓޭޝަން ވީއާރް އަދި ޕީއެސް5 ފީފާ 2024 ހިމެނެ އެވެ.

3
 

އުރީދޫ ޔޫރޯ ފެންޓަސީ ލީގު

ފެންޓަސީ ލީގަކީ ފުޓުބޯޅައަށް ޝައުގުވެރިވާ ގިނަ ބަޔަކު ވަރަށް ފޯރިއާއެކު ބައިވެރިވާ ލީގެކެވެ. ބައިވެރިންނަށް އެމީހުންގެ ޑްރީމް ޓީމްތައް އުފައްދައި 25،000 ރުފިޔާގެ ގްރޭންޑް އިނާމަށް ވާދަކުރެވޭނެ އެވެ. މި ފެންޓަސީ ލީގުގެ ސަބަބުން ސަޕޯޓަރުންނަށް މި މުބާރާތުގައި އިތުރަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

4
 

އުރީދޫ ނޭޝަން: ވާޗުއަލް ޔޫރޯ

އުރީދޫ ނޭޝަން: ވާޗުއަލް ޔޫރޯ އަކީ 2 އޮން 2 ފީފާ ޕްލޭސްޓޭޝަން މުބާރާތާކެވެ. ޖުމްލަ 30،000 ރުފިޔާގެ އިނާމު ޕޫލަކާއެކު ބާއްވާ މި މުބާރާތަކީ ވަރުގަދަ އަދި ވާދަވެރިކަމާއި އެކު ކުރިއަށްދާނެ މުބާރާތެކެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫރޯ ފެށުމުގެ ކުރިންނެވެ.

އުރީދޫގެ ޔޫރޯ 2024ގެ ހަރަކާތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓުބޯޅަ ސަޕޯޓަރުންނަށް ޔޫރޯގެ ފޯރި އިތުރުކޮށް ފުޓުބޯޅައަށް ލޯބިކުރާ ގިނަ ކަސްޓަމަރުންގެ މެދުގައި ހަރަކާތްތަކެއް ރޭވުމުގެ ގޮތުން ގެނެސްދެވޭ ކަންތައްތަކެވެ.