ޑރ. އިސްމާއީލް ޝަފީއު

ރާއްޖޭގެ އަމީރުލްހައްޖަކަށް މިނިސްޓަރު ޝަފީއު

ރާއްޖޭގެ އަމީރުލްހައްޖު އަދި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
0%
0%
0%

ރާއްޖެއިން މިއަހަރު ހައްޖަށް ދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ހަމަަޖައްސަވައިފި އެވެ.

ރާއްޖެއިން ކޮންމެ އަހަރަކުވެސް އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

އަމީރުލްހައްޖުގެ ގޮތުގައި އައްޔަނު ކުރާ ފަރާތަކީ ދިވެހި ދައުލަތުގެ ފަރާތުން ރާއްޖެއިން ހައްޖަށްދާ މީހުންގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަވާ ބޭފުޅާ އެވެ.

ރާއްޖޭގެ އަމީރުލްހައްޖު އަދި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މީގެ ކުރީ އަހަރުތަކުގައިވެސް މި މަގާމަށް އެކި މިނިސްޓަރުން ހަމަޖައްސައިފައިވެ އެވެ.

ރާއްޖެއިން މިއަދު ހައްޖަށް ފުރި ފަހު ގުރޫޕްގައި އަމީރުލްހައްޖު ޑރ. އިސްމާއިލް ޝަފީއު އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް މިއަދު ފުރާވަޑައިގެންނެވި އެވެ.

ރާއްޖެއަށް މިއަހަރު ލިބުނު ހުރިހާ ހައްޖު ކޯޓާއެއް ސަރުކާރުން ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ.

ކަލަންޑަރަށް އައި ބަދަލަށްފަހު މިއަހަރުގެ ހައްޖު ދުވަހަކީ މިމަހުގެ 15ވާ ހޮނިހިރު ދުވަހެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910