ހައްޖުގެ އަޅުކަން

މިނިސްޓަރު ޝަހީމް އާއި ޝަފީއު ދިވެހި ހައްޖުވެރިންނާ ބައްދަލުކޮށްފި

މިނިސްޓަރު ޝަހީމް އާއި ޝަފީއު ދިވެހި ހައްޖުވެރިންނާ ބައްދަލުކުރަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
0%
0%
0%

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި އަމީރުލް ހައްޖު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މައްކާގައި ތިއްބެވި ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވައިފި އެވެ.

ދިވެހި ހައްޖާޖީން ތިބޭ ހޮޓަލުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ހައްޖުގެ އަޅުކަމުގައި އުޅޭއިރު ދިމާވާ ކަންކަމަށް ކެތްތެރިވުމަށް ވަޒީރުން ވަނީ ހައްޖާޖީންނަށް އިލްތިމާސްކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝަހީމް ވަނީ މިވަގުތު ދިވެހި ހާއްޖާޖީން ތިބީ އަމިއްލަ ގައުމުން ބޭރުގައި ނުވެސް ދަންނަން ބައެއްގެ ގާތުގައިކަން ފާހަގަކުރައްވާ ހިތްހަމަނުޖެހޭ ބައެއް ކަންކަން ދިމާވާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންނަމަވެސް އެކަންކަމުގެ މައްޗަށް ކެތްތެރިވުމަށް އިލްތިމާސްކުރެއްވި އެވެ.

މީގެ އިތުރުން އަމިއްލަ ސިއްހަތަށް ހާއްސަ ސަމާލުކަމެއްދީ ޑޮކްޓަރުންގެ އިރުޝާދާއި އިލްމުވެރިންގެ އިރުޝާދު އަޑުއަހައި އެގޮތަށް އަމަލުކުރުމަށް އެދިވަޑައިގެންނެވި އެވެ.

ރާއްޖެއިން މި އަހަރު 1،150 ހައްޖުވެރިން ދަނީ ހައްޖުގެ އަޅުކަން އަދާކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910