ދުނިޔެ

ސައޫދީގައި ގަދަ ހޫނުގައި މަސައްކަތްކުރުން މަނާކޮށްފި

ގަލްފް ގައުމުތަކުގައި ހޫނު މޫސުމުގައި ބޭރުގައި، ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތްކުރުން މަނާކުރުމަކީ އާންމުކޮށް ކުރާ ކަމެއް
0%
0%
0%

ސައޫދީ އަރަބިއްޔާގައި މެންދުރު ގަދަ ހޫނުގައި މަސައްކަތްކުރުން ދުވާލަކު ތިންގަޑިއިރަށް، ތިން މަސް ވަންދެން މަނާކޮށްފި އެވެ.

މިއީ އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރާ އަދި އަވީގައި މަސައްކަތްކުރަން ޖެހޭ އާންމު ރައްޔިތުންގެ ސިއްހަތަށާއި ދުޅަހެޔޮކަމަށްޓަކައި ކޮންމެހެން ވެސް އަމަލުކުރަން މަޖުބޫރު ގަވާއިދެއް ކަމަށް މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް އެންޑް ސޯޝަލް ޑިވެލޮޕްމަންޓުން ވަނީ އިއުލާންކޮށްފަ އެވެ.

މި ގަވާއިދުގެ ދަށުން ޖޫން 15، ހޮނިހިރު ދުވަހުން ފެށިގެން ސެޕްޓެމްބަރު 15، އާދީއްތަ ދުވަހުގެ ނިޔަލަށް މެންދުރު ގަދަ އަވީގައި މަސައްކަތްކުރުން މުޅިން މަނާވާނެ އެވެ.

މި ގަވާއިދާ ހިލާފުވާ ފަރާތްތައް ރިޕޯޓްކުރުމަށް ހާއްސަ ނަންބަރެއްވެސް ވަނީ އިއުލާންކޮށްފަ އެވެ.

މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް އެންޑް ސޯޝަލް ޑިވެލޮޕްމަންޓުން އިލްތިމާސް ކުރަނީ މެންދުރުން ފެށިގެން މެންދުރުން އަނބުރައި ތިނެއް ޖަހަންދެން ބޭރުގައި މަސައްކަތްކުރުން މެދުކަނޑާލުމަށެވެ. އަދި މަސައްކަތްތެރިންގެ މަސައްކަތު ވަގުތުތައް އިލްތިމާސްގައި އޮތް ގޮތަށް ބަދަލުކުރަން އަމިއްލަ ކުންފުނިތަކަށްވެސް ވަނީ އަންގާފަ އެވެ.

ސައުދީގެ ނެޝަނަލް ސެންޓާ ފޮ މިޓިއޮރޮލޮޖީން ބުނާ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ހޫނުމިން 44 ޑިގްރީ ސެލްސިއަސްއަށް އަރާނެ އެވެ. ވެރިރަށް ރިޔާޒުގައި އަދި މީހުން ގިނަ އަވަށްތަކުގައި އިހްސާސްކުރެވޭ ހޫނުމިން މިއަށް ވުރެ މަތިވާނެ ކަމަށްވެސް އޮތީ ބުނެފަ އެވެ.

މި އަހަރުގެ ހައްޖު މޫސުމާ ދިމާކޮށް ސައޫދީގައި ހޫނުގަދަވުން ހައްޖާޖީންނަށް ވަރަށް ބޮޑު ތަކުލީފަކަށް ވާނެކަން ގަބޫލުކުރާ ކަމަށްވެސް މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ވަނީ ބުނެފަ އެވެ.

ހައްޖުވެރިން ގަދަ ހޫނުން ސަލާމަތްކުރުމަށް ބޯހިޔާކުރެވޭނެ ގޮތްތައް ހޯދުމަށް އަދި ދިޔާ ތަކެތި ގިނައިން ބޭނުންކުރުމަށްވެސް އިދާރާތަކުން ނަސޭހަތްތެރިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910